ސްރީލަންކާގެ މިލިޓްރީ އެކެޑަމީގެ ކޮމިޝަނިންގ ޕެރޭޑް ރައީސް ޝަރަފުވެރިކޮށްދެއްވައިފި

hep-lankan-commision-parade-450-x-299

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ މިލިޓްރީ އެކެޑަމީގެ ކޮމިޝަނިންގ ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ. ދިޔަތަލާވާގައި އޮތް މި ރަސްމިއްޔާތުގައި މި ޕެރޭޑް ޝަރަފުވެރިކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް މި ފުރުޞަތު ދެއްވިކަމަށްޓަކައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެއަށާއި ސްރީލަންކާގެ ޑިފެންސް މިނިސްޓަރަށާއި، ސްރީލަންކާގެ އާރމްޑް ފޯސަސްއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އާރމީ އޮފިސަރުން ތަމްރީނު ކުރެއްވުމަށް ސްރީލަންކާގެ މިލިޓަރީ އެކެޑަމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.