ޕްރައިވަޓައިޒް ކުރުމުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ތަނަކުން އިތުރު ވާނެ- އިބޫ

ފަހަލަ ސައީދު

ޕްރައިވަޓައިޒޭޝަނަކީ ނިމިގެންދިޔަ ވެރިކަމުގައިވެސް ތަންފީޒްކުރަން ނިންމާފައިވާ ނިންމުމެއްކަމަށާ އޭރު އެކަން ކުރިނަމަ މިއަދު ރާއްޖޭގެ އިގުތިޞާދު އޮތީހީ ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެވިފައި ކަމަށާއި، މިކަމަށް މިސާލު ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބުރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލޭ އިބުރާހިމްނާސިރު އިންޓަނޭޝަނަލް އެއަރ ޕޯޓު ޖީ އެމް އާރާ ހަވާލުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭއާމްދަނީ އެތައް ތަނަކުން އިތުރު ވެފައިވާ ކަމުގައެވެ.
އެގޮތުން މިއަހަރުވެސް 33 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ޖީއެމްއާރުން ސަރުކާރަށް ދައްކާފައިވާކަމަށާ މިއީ މިހާތަނަށް 10 އަހަރުންވެސް އެއަރ ޕޯޓުން ލިބިފައިވާ މިންވަރެއް ނޫންކަމުގައި އިބޫ ވިދާޅުވިއެވެ.
އެއަރ ޕޯޓުގެ ފައިދާ މީގެ ކުރިން އެންމެ ގިނައިން ލިބުނުއަހަރުތަކުގައިވެސް ލިބިފައިވަނީ 2 މިލިއަން ރުފިޔާކަމަށާ އެއަރ ޕޯޓުގައި މަސައްކަތް ކުރަނީ ދިވެހިންކަން ބަޔާންކުރައްވަމުން މިހާރުވެސް ވަޒީފާގެ އިތުރު 169 ފުރުޞަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަން އިބޫ ފާހަގަ ކުރެއްވިއެވެ.
ދިވެހިދައުލަތުން މާލޭބައިނަލް އަގްވާމީ ވައިގެ ބަނދަރު ޖީ އެމް އާރަށް ވިއްކާ ލީނޫންކަމަށާ 25 އަހަރަށް އެއަރ ޕޯޓު ކުއްޔަށް ދިނީ ދިވެހިދައުލަތުގެ މާލިއްޔާގައި އެއަރ ޕޯޓެއް އެޅޭވަރުގެ މާލީ ގާބިލްކަން ނެތުމުން ދިވެހީންނަށް ފެންވަރު ރަގަޅު އެއަރޕޯޓެއް ލިބެންއޮތް ފައިދާ ކުރަނިވި ގޮތަކީ އެއީ ކަމުގައި ސަރުކާރަށް ވިސްނިގެންކަމުގައެވެ.
ޖީއެމް އާރަކީ މިސަރަޙައްދުގެ އެންމެ އިތުބާރު ހިފޭ އެއް ކުންފުނިކަމަށާ 25 އަހަރަށް ފަހު އެއަރޕޯޓު ދިވެހިންނަށް ލިބޭނީ ދުނިޔޭގެ އެންމެ ފެންވަރު ރަގަނޅު އެއަރ ޕޯޓެއްކަމުގައި އިބޫ ވިދާޅުވިއެވެ