ކޮންމެ ދިވެހި ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ

ފަހަލަ ސަޢީދު

ދިވެހި އެންމެހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ދަށުން ހިލޭ ބޭސް ފަރުވާ ލިބޭނިޒާމް މިއަދު މާލޭގައި އިފްތިތާހުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މާލޭ ހެދިގޮނގު ދޮށުގައި މިއަދު ހަވީރު ހަތަރު ގަޑި ތިރީހުގައި މި ނިޒާމް އިފްތިތާހު ވުމުން ދުނިޔޭގައި ގައުމުގެ އެންމެނަށް ހިލޭބޭސްފަރުވާ ކޮށްދޭ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމުގައި ހަމަޖެހިގެންދާނެއެވެ.

މިފެށޭ 2012 ވަނައަހަރުން ފެށިގެން އެއްވެސް ދިވެހިރައްޔިތަކު ބޭސް ސިޓީ ހިފައިގެން މަހުޖަނުންގެ ގާތަށް އާދޭސްކުރަން ދިއުން ނިމި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމުގެ ނަޞީބު ލިބިގެން ދާނެއެވެ. އެމްޑީޕީ އިން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ރައްޔިތުންގެ ގާތުގައި ވީ ވަޢުދު އަންނަ ޖެނުއަރީ 1 ން ފެށިގެން ފުދިގެންދާތީ އެކަމަށްޓަކާ ﷲ ސުބްހާނަހޫ ވަތައާލާއަށް ޙަމްދު ކޮށް މިރާޖޭގެ ރައްޔިތުންނަށް އުފާފާގަތި ދުޅަހެޔޮ މުސްތަގުބަލެއް މިންވަރު ކުރެއްވުންއެދި އެ އިލާހަށް ދުޢާ ދަންވަނީ ހިތާރޫހުން ކަމުގައި ދަންނަވަމެވެ. މިއީ މީގެ 15 އަހަރުކުރީން ދިވެއްސަކު ކުރި ބުރަ އަދި ބިރުވެރި މަސައްކަތެއްގެ ނަތީޖާއެވެ.