ނޫސް ބަޔާން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނޫސް ބަޔާން

ޒަމާނުއްސުރެ ދިވެހިރައްޔިތުންގެ މެދުގައި ވާރުތަވަމުން އައި، އިސްލާމީ މެދުމިނުގެ ރިވެތި އުސޫލުތަކާއި ތާރީޚާ އާދަކާދައާ، ސުލްޙަވެރިކަން އެގޮތުގައި ދެމި އޮތުމަށް، ދިވެހިން ކުރާ ތާއީދު ހާމަކުރުމަށް 23 ޑިސެމްބަރު 2011 ވާ ހުކުރުދުވަހު ހަވީރު 4:00 ން އިރު އޮއްސި 6:00 އަށް ބާއްވާ ސުލްޙަވެރި އެއްވުމުގައި ވީހާ ގިނަ، ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް ދަންނަވަމެވެ.

މިއެއްވުމުގެ، އެއްވެސް ބައިވެރިޔަކު އެއްވެސް ނޭދެވޭ އަމަލެއް ނުހިންގުމަށާއި، ރީތި ބަސްތަކުން މެނުވީ މުޚާތަބްނުކުރެއްވުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއެކު މަޑުމައިތިރިކޮށް ތިއްބެވުމަށް އިލްތިމާސްކުރަމެވެ.

އަދި މެދުމިނަށް ތާއީދުނުކުރާ ހަރުކަށި އުސޫލުތަކަށް ލޯބިކުރާ ފަރާތްތަކުން ކުރާ އެއްވެސް ކަމަކަށް، ރައްދު ނުދިނުމަށާއި، އެފަރާތްތަކަށްވެސް އިޚްތިރާމްކުރުމަށާއި،އެފަރާތްތަކުން ފަތުރާފައިވާ ޚަބަރުތަކަށް ބަލާއިރު، އަމުދުން ޖެހިޔަސް ނުޖެހުމަށް ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިލްތިމާސްކުރައްވައެވެ.

ބަޔާން ނެރުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓޭރިއަޓުން