ދީންބަދަލު ކުރުމަކީ މިހާތަނަށް ދިވެހިން ދަންނަކަމެއްވެސްނޫން. މާރިޔާ

ފަހަލަ ސަޢީދު

fehigebondibai121211-67

ދީން ބަދަލުކުރުމަކީ މީގެ ކުރިން ދިވެހިން ދަންނަ ކަމެއް ނޫންކަމުގައި އެމް.ޑީޕީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މާފަންނު ދެކުނުދާއިރާ ހިމެނޭ ސަރަޙައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ބައްދަލުވުމެއްގައި އެސަރަޙައްދުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ފުޅުދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ދިވެހިންނަކީ އިސްލާމީ މަންމައިންގެ ބަނޑުން އުފަންވެފައިވާ އިސްލާމުން ކަމަށާ ދީން ބަދަލުކުރާ ވާހަކައަކީ ދިވެހިން އަޑުއަހާ ވާކައެއް ނޫންކަމަށެވެ. އަޅުގަނޑުމެންގެ މަންމައިން އަޅުގަނޑުމެން ނިންދަވަމުން ވެސް އައީ އިސްލާމްދީނުގެ ރިވެތި އަޚުލާގުގެ މަތީގައި ކަމަށާ ނިދަން ބޭއްވުމަށްފަހު ޝަހާދަތާ ކުރުސި ކިއުއްވާ “ތަވައްކަލްތު ޢަލަﷲ ވަކަފާބިއްލާހި ވަކީލާ” މިހެން ކިއުއްވުމަށްފަހު އެއްވެސް ވާހަކައެއް ނުދައްކާ ނިދުމަށް މަންމައިން ބާރު އަޅާކަމުގައެވެ.

ދީނީ ބައިބައި ވުންތަކަކީ އިސްލާމުންގެ މެދުގައި އުފެދެންޖެހޭނެ އެއްޗެއްނޫން ކަމަށާ މިރާއްޖެ އަށް ޑްރަގް ތަޢާރުފް ކުރީވެސް މިފަދަ ގޮތަކަށް ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ޑްރާގާމެދު ލޯބި ޖައްސައިގެން ކަމަށް ވިދާޅުވެ ދިވެހި މުސްލިމުންގެ ހިތްތަކުގައި ދީންބަދަލުކުރުމުގެ ރޫހުއުފައްދަން މަސައްކަތް ނުކުރުމަށާ މިނިވަންކަމާއެކު އެމީހަކު އުޅޭނެ ދީނަކަށް އުޅުމަށް ގޮވާ އިސްލާމްދީނުގެ ޙުކުމްތަކަށް އިންކާރު ކުރި ބޮޑު ކާފަރާ ގުޅިގެން އުޅޭ ލާދީނީ ފަރާތްތަކަށް މިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލުމުގެ ފުރުޞަތު ނުދެއްވާނޭކަމުގައި ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މާލޭގެ މަގުމައްޗަކީ ދިވެހި އަންހެނުންނަށް އާތަނެއްނޫންކަމަށާ މިގައުމުފަސާދަކުރަން ނުކުންނަ ފަރާތްތަށް ސައިޒަށް ތިރިކުރުމަށް ދިވެހި އަނަހެނުން މިތިބީ ފިސާރި ކެރިގެންކަމުގައެވެ.

މިހާރު އެ އުޅެނީ މިރާއްޖޭގެ ރައްޔިތުން ޑްރަގަށް ލެންބުވި ފަލްސަފާ ބޭނުންކޮށްގެން މިރާއްޖެއިން އިސްލާމްދީން ފޮހެލަން ކަމަށާ ހުރިހާ އަންހެނުންނާއެކު ނުކުމެ އިސްލާމްދީން ޙިމާޔަތް ކުރައްވާނޭކަމުގައި މާރިޔާވިދާޅުވިއެވެ. ދީނީ ޢިލްމުވެރިންގެ ހެދުން ލައިގެން ތިބެ މައުމޫނަކީ ކާފަރެއްކަން ދޭހަވާފޮތްތައް ނެރެ މައުމޫނަކީ ކަލަކު ކަމަށް ދަޢުވާކުރާ މީހެކޭ ވެސްބުނެ އޭނާ ހިމެނޭ ބައިގަނޑާ މިރާއްޖޭގެ މިއުޒިކު ކުޅުންތެރިންނާ އެކު ނުކުންނާނީ އިސްލާމްދީން ޙިމާޔަތްކުރަން ނޫންކަމާ އެނުކުންނަނީ ކީއްކުރަންކަން އެނގިތިބެ މިރާއްޖެ ފަސާދަކުރަން ފުރުޞަތުދީގެން ނިދަން ނުތިބޭނެކަމުގައި ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މާރިޔާ ދީދީ ވިދާޅުވީ މިސަރުކާރުގެ ވަޢުދުތައް ފުދި 2013 ވަނަ އަހަރުވެސް ވެރިކަން ކުރާނީ އެމްޑީޕީކަން ޔަގީން ވާތީ މިރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން ނުކުންނަނީ ކަމަށާ އެގޮތަށް މިރާއްޖޭގެ މަގުތަކަށް އެމަގުޞަދުގައި ނުކުމެއްޖެނަމަ ފެނިގެންދާނީ އެ ބޭނުންވާ ނަތީޖާއަށްވުރެ ހިތި ނަތީޖާއެއް ކަމުގައިވެސް މާރިޔާގެ ވާހަކަފުޅުން އެނގިގެން ގޮސްފައިވެއެވެ.