ބ.ފުޅަދޫ ހިތްވަރުގޮފީގެ ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފި

ފަހަލަ ސަޢީދު

ބ.ފުޅަދޫ ހިތްވަރުގޮފީގެ ހިންގާކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެގޮފީގެ މެންބަރުންނަށް ހުޅުވާލުމުން ކުރިމަތި ލެއްވި ހަމައެކަނި ދެބޭފުޅުން މެންބަރުންގެ ފުރިހަމަ އަޢްލަބިޔަތަކުން އިންތިޚާބު ކޮށްފިއެވެ. މިދެބޭފުޅުން ގެތެރެއިން ރައީސްކަމަށް ކުރިމަތިލެއްވި ބ.ފުޅަދޫ ވިލަރެސް އިބުރާހިމް ރަޝީދާއި ނާއިބުރައީސްކަމަށް ކުރިމަތިލެއްވި ބ.ފުޅަދޫ އައްސޭރި ޢަބުދުލްޙަމީދު ޢަލީ ވަނީ ގޮފީގެ ވަރަށް ތަނަވަސް އަޣުލަބިއަޔަތަކުން ހޮވިވަޑައިގެފައެވެ،

ރައީސްކަމަށް ހޮވިފައިވާ އިބްރާހިމް ރަޝީދަށް 43 ވޯޓުލިބިފައިވާއިރު ނުފެންނަ ކަމަށް ވޯޓުދީފައިވަނީ ތިންމީހުންނެވެ. ބާޠިލް ވެފައިވަނީ 2 ވޯޓެވެ. އެގޮފީގައި ތިބި 52 މެންބަރުންގެ ތެރެއިން މިވޯޓުގައި 48 މެނަބަރުން ބައިވެރި ވެފައި ވެއެވެ. ނާއިބް ރައީސްކަމަށް ހޮވިފައިވާ އަބުދުލްޙަމީދު އަލީއަށް 40 ވޯޓުލިބިފައިވާ އިރު ނުފެންނަކަމަށް ވޯޓުދިނީ12 މީހުންނެވެ،