މިލަންދޫގައި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް ބާއްވާގޮތަށް އެމްޑީޕީން ނިންމައިފި

ފަހަލަ ސަޢީދު

ށ.އަތޮޅު މިލަންދޫގައި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް މާދަމާރޭ އޮންނާނޭކަމަށް އެޕާޓީގެ އޮފީހުން ބުނެފިއެވެ.

މިޖަލްސާއަކީ ށ.އަތޮޅުގައި ޙަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނާ ސަޕޯޓަރުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަ ކަމުގެ ރޫޙު އާލާކޮށް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ވަމުން ދާ ގޮތުގެ މައުލޫމާތު ދީ ރައްޔިތުން ހޭލުންތެރި ކުރުންފަދަ މުހިންމު އެތަށް ކަމެއް ހިމަނައިގެން ބާއްވާ ޖަލްސާއެކެވެ. މިޖަލްސާއަށް ފަހު މިލަންދޫ ދާއިރާގެ ބައެއް ރަށްތަކަށް އެމްޑީޕީގެ ޓީމު ދަތުރުކުރާނެއެވެ.

އެމްޑީޕީގެފަރާތުން މިލަންދޫގައި ބާއްވާ މިދެންނެވި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާމަނިކާ ކުރީގެ ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ ދީދީގެ އިތުރުން އެމްޑީޕީ ގެ ޕާލަމެންޓަރީ ގްރޫޕްގައި ހިމެނޭ ބައެއް ބޭފުޅުންވެސް ތަގްރީރު ކުރައްވާނެއެވެ.