އަނިޔާވެރިކަމުގެ ތެރެއިން މިނިވަންކަމަށް ދިވެހިގައުމު ނެރެދެއްވި މިނިވަންކަމުގެ ބަޠަލަކީ ރައީސްނަޝީދު. ނާއިބުރައީސް

ފަހަލަ ސައީދު

membarakumembareh021211-16

ރައްޔިތުންގެ ބޯމަތީގައި މައުމޫނު އަޅުވާފައިއޮތް އަނިޔާވެރިކަމުގެ ދަލުގައިޖެހި މެހިފައިވާ މުޅި ދިވެހި އުންމަތް އެއަނިޔާވެރިއެއްގެ ވަކިތަކުން ނައްޓުވާ މުޅި ރައްޔިތު ކުދިބޮޑު އެންމެންތަކުން މިނިވަން ޖައްވަކަށް ނެރެދެއްވީ ރައީސް ނަޝީދުކަމުގައި އެމްޑީޕީގެ ނާއިބުރައީސް އަލްއުސްތާޛު އަލްހާނުފަހުމީ ވިދާޅުވެއްޖެއެވެ.ރާއްޖެ އިސްލާމް ވީއްސުރެ މިގައުމު މިހާތަނަށް ދުށް އެންމެ އޯގާވެރި ވެރިޔަކީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ކަމަށާއި މިރާއްޖޭގެ ދީނީ ޢިލްމްވެރިން އޭރު ތިބީ ތުނބުޅިތަކުގައި ސޯސްޖަހާ އެލުވާފައި ކަމުގައި އަލްހާނު ވިދާޅުވިއެވެ. ވީމާ ހަތް ސަތޭކަ އަހަރަށް ބެލިނަމަވެސް މިއައްވުރެ މިނިވަންކަމާއެކު ދީނީ ޝިޢާރުތަޢް ފާޅުކުރެވޭ މިނިވަންވެރިކަމެއް ދިވެހި ތާރީޚުންވެސް ފެނިފައި ނުވާނެކަމަށާއި އެއްވެސް ޕާޓީއަކުން އެމްޑީޕީއާއި ނުގުޅުނަސް 2013 ވަނަ އަހަރުވެސް މިރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދު ގެނެސްދެއްވާނޭކަމަށާއި އައްޑޫ އަތޮޅުގެ ވޯޓުގެ 75 އިންސައްތަ ރައީސް ނަޝީދަށް ހޯއްދަވާ ދެއްވާނޭކަމުގައި އަލްހާނު ވިދާޅުވިއެވެ.

އެމްޑީގެ “މެންބަރަކު މެންބަރެއް” ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާނު ވިދާޅުވީ ޢަދާލަތުޕާޓީގެ އިލްމުވެރިންކަމުގައި ދަޢުވާ ކުރައްވާ ބޭފުޅުންނަކީ ރައްޔިތުންގެ ކުރިމަތީގައި ހަމަ ގެއްލިފައިވާ އަދި އިސްލާމްދީން އައްޑަނައަކަށް ހަދައިގެން ދީންއޮޅުވާލަން އުޅޭ ބައެއްކަމަށާ މިރާއްޖޭގެ ކުޑަކުދީންނާ އަންހެހުން ނެރެގެން މިގައުމު ފަސާދަކުރުމުގެ ފުރުޞަތު އެމްޑީޕީން ނުދެއްވާނޭކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އަލްހާނު ވިދާޅުވީ މިސަރުކާރާއެކު އެބައިމީހުން ހިފާފައިވާ ބައިއަތު ރޫޅާލާފައިވަނީ އިސްލާމްދީނާއި މުޅީން ޚިލާފަށްކަމަށާއި ރައީސް ނަޝީދު ކުފުރަށް އަމުރު ނުކުރައްވާހާ ހިނދަކު އެމަނިކުފާނާއި މެދު އެފަދަ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި މުޢާދާ ރޫޅާވެސް ނުލެވޭނެކަމުގައެވެ.

އިއްޔެ މައުމޫނަކީ އިސްލާމް ދީން މިގައުމުން ފޮހެލަން އުޅޭމީހެއްކަމަށް ބުނެ އެމްޑީޕީއާއި ބައިޢަތުހިފި މީހުން މިހާރު ގޮސް އެތިބީ މައުމޫނާ އެކުގައި ކަމަށާއި މި މިންވަރުން ތިޔަ ޝޭޚުންގެ ފެންވަރު ރައްޔިތުންނަށް ސާފުވެއްޖެކަމުގައި އަލްހާނު ވިދާޅުވިއެވެ. 2013 އަށް އެމްޑީޕީ ދަތުރުފަށާ މެކުހަށް ޖަހައިފިކަމަށާ ދެން އެމްޑީޕީގެ ފަހަތުން އާދެވޭވަރުގެ އެއްވެސް ސިޔާސީޕާޓީ އެއް މިރޭހުގައި ވާދަނުކުރެވޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށްޓަކާ އެމްޑީޕީ އިން މަސައްކަތް ކުރައްވާނޭކަމަށާއި ރާއްޖޭގައި އިންޞާފްގައިމްކޮށް ދިނުމަށް އެމްޑީޕީ ތައްޔާރުވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.