އެމްޑީޕީގެ ޖަލްސާ އެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

haruge-25-10-2011-65

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.

މި ރޭ (21 ނޮވެމްބަރ 2011 ވާ ހޯމަ ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އަދި ބައެއް ވަޒީރުން ވެސް ވާހަކަފުޅުދައްކަވާނެއެވެ.

މިރޭ ބާއްވާ ޖަލްސާ އަކީޢީދު ބަންދާއި ސަރކްސަމިޓަށް ޖަލްސާތައް މެދުކަނޑާލުމަށްފަހު، ހަރުގޭގެ ސިލްސިލާ ޖަލްސާތައް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.