އެމްޑީޕީގެ މީޑިއާ ކޮމިޓީގެ މުޤައްރިރަކަށް ޝަހީދާ އަދި ނައިބު މުޤައްރިރަކަށް ޝައުނާ ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

shaheeda

އެމްޑީޕީގެ މީޑިއާ ކޮމިޓީގެ މުޤައްރިރަކަށް އެ ޕާޓީގެ ވަގުތީ ސްޕޯކްސްޕާސަން ފާތިމަތު ޝަހީދާ އަދި ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އާމިނަތު ޝައުނާ ޢައްޔަންކޮށްފިއެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުމަށް ކޮމިޓީގެ 11 މެންބަރުންގެ ތެރެއިން 6 މެންބަރުން ހާޒިރުވި އިރު، މި ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރަކަށް ހޮވުނު ޝަހީދާ އާއި، ނައިބު މުޤައްރިރުކަމަށް ހޮވުނު ޝައުނާ ވެސް ހޮވިފައިވަނީ ބައްދަލުވުމަށް ޙާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިރޭގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ މި ކޮމިޓީގެ މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ ތޮއްޔިބު މުޙައްމަދު އެވެ. މި ބައްދަލުވުމުގައި، އެމްޑީޕީގެ އަޑު މީޑިއާ ގައި މަޑުކަން މި ކޮމިޓީގެ މެންބަރުން ފާހަގަކޮށްފައިވެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެމްޑީޕީގެ އަޑު މީޑިއާ ގައި ގަދަކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއް ގައި މެންބަރުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ މީޑިއާ ލައިބުރަރީ މެޓީރިއަލްސް ފަރުވާތެރިކަމާއެކު ބެލެހެއްޓެނޭ ގޮތެއް ހަމަޖެއްސުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކޮމިޓީގެ މެންބަރުން ވާހަކަދެއްކިއެވެ.