ހިއުމަން ސްޕޭސް ޓެކްނޮލޮޖީއާބެހޭ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ ބައިވެރިވެވަޑައިގެންފި

do-sappe-450-x-322

އ.ދ.އާއި މެލޭޝިޔާ ސަރުކާރު ގުޅިގެން ބޭއްވި ހިއުމަން ސްޕޭސް ޓެކްނޮލޮޖީއާބެހޭ ފުރަތަމަ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އެންވޯއި ފޮރ ސައިންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު ޝަފީޤް މޫސާ (ޑީއޯ ސައްޕެ) ބައިވެރިވަޑައިގެންފިއެވެ. މިބައްދަލުވުން އޮތީ، މެލޭޝިޔާގެ ޕުތްރާޖާޔާގައި މި މަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

މިބައްދަލުވުމުގައި، އަޙްމަދު ޝަފީޤް މޫސާވަނީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ޓެލެ–މެޑިސިން ޕްރޮޖެކްޓްތަކާއި، ޓެލެމެޓްރީއާއި، ދުނިޔޭގެ ތަފާތު އޮބްޒަރވޭޝަންތަކާއި އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންހިފިދާނެ މުވާޞަލާތީ އެކި ވަސީލަތްތަކުގެ މަޢްލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ވަސީލަތްތަކުގެ ބޭނުން ތަފާތު ގޮތްގޮތަށް ރާއްޖޭގައި ހިފިދާނެ ކަމަށެވެ.

މިބައްދަލުވުމުގައި، އ.ދ. އާއި އެހެން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި 10 ހުށަހެޅުމެއް ހުށަހެޅުނެވެ.