ރައީސުލްޖުމްހޫރިއްޔާ ޑެޕިޔުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފި

usham-fathimath-haleem

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިޔުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވީ، މާޅޮސްމަޑޮލު ދެކުނުބުރި އޭދަފުށީ ހިޔަލީގޭ އަލްއުސްތާޛާ ފާޠިމަތު ޙަލީމާއި، ވ. ވަސްމީރުފިޔަ އަލްއުސްތާޛު އަޙްމަދު އުޝާމެވެ. ފާޠިމަތު ޙަލީމް މިހާތަނަށް ހުންނެވީ، އެ އޮފީހުގެ ސްޓޭޓް އެޓަރނީގެ މަގާމުގައެވެ. އަޙްމަދު އުޝާމް ހުންނެވީ، އެ އޮފީހުގެ ޑެޕިޔުޓީ ސްޓޭޓް އެޓަރނީގެ މަގާމުގައެވެ.
މި ދެބޭފުޅުންވެސް މި މަގާމުތަކަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.