ފަހަލަ ސަޢީދު
މުލަކަތޮޅު މުއްޔާއި ނާލާފުށި ގުޅާލުގެ ހުވަފެން 30 އަހަރުވަންދެން އެދެރަށުގެ ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫނުވަނީ ދައްކާފައެވެ. މާކަނާ ހިނގާ ފަޅެއް އޮތް އެ ދެރަށްދޭތެރެއަކީ އެންމެ ދުވަހެއްގެ މަސައްކަތުން ހިއްކާލެވޭވަރުގެ ފަޅެކެވެ.
މުއްޔާ ނާލާފުށި އެއްކުރުމުން ސަރުކާރާށާ އެ ދެރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެއެވެ.
ސަރުކާރަށް ލިބޭފައިދާ އަކީ އެރަށަށް ވަކީން ނަރުދަމާ އާ ބޯފެނާއި ކަރަންޓާއި ތަޢުލީމު ދޭނޭ މަދުރަސާ އާ ހެލްތް ސެންޓަރާ މީގެ އިތުރުން ކައުންސެލަރުންނާ ގާޟީންނާ ޒިންމާދާރު ވެރިން ލާން ނުޖެހުމުގެ ފައިދާ އެވެ. ރައްޔިތުންނަށް ލިބޭފައިދާ އަކީ ދެރަށް ގުޅާލުމުން މައްސުނިވެފައިފާ ދެރަށުގެ ޢާއިލާތައް އެއްތަންވުމާ ވިޔާފާރީގެ ފުރުޞަތު ތައް އިތުރުވުމާ ޞިއްހީ ފަރުވާގެ ޔަގީންކަމާ އެހެންތަން ތަނުން އެރަށަށް ހިޖުރަކުރުމާ އާބާދީ އިތުރުވުމުން
ލިބޭފުޞަތް ތަކާ ހިތްހަމަ ޖެހުމާ އުފަލެވެ.
މުއްޔާ ނާލާފުށި ގުޅައިދޭނެކަމުގެ ވަޢުދު ކޮންމެފަސްއަހަރަކުން އެއްފަހަރު މައުމޫނު އައީވަމުންނެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އެދެރަށް ދޭތެރޭގައި އޭރުގެ ޕްލޭނިންގ މިނިސްޓަރު ވަޑައިގެން ކަޑަތައް ޖައްސަވާ
ހައްދަވައެވެ.
އަދި ރައްޔިތުންގެ ތެރެއިން ބަސްކިޔާ މީހަކު ގޮވައިގެން ގޮސް އެދެމެދުން ހިއްކަންބޭނުންވާ ސަރަހައްދުގައި ފޫޓު އަޅާ
ހަދާފައިވެއެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށްޓަކާ 2005 ވަނަ އަހަރުގެ ބަޖެޓުގައި އެ ދެރަށް ދޭތެރެ ހިއްކުމަށް ބޭނުންވާ ފައިސާ ހިމަނާފައިވާނޭކަމަށް ބުންޏެވެ.
އެފައިސާ އަށް ވީގޮތެއް ދެނެވޮޑިގެން ވަނީ ﷲ އެވެ.
އެހެންކަމާއެކު ޕީޕީ އަށް އެ ދެރަށުގެ ރައްޔިތުން އިލްތިމާސް ކުރަނީ ދެން އެހެންފަހަރަކު އެދެރަށަށް ގޮސްފިނަމަ
ހިތުންނުފިލާވަރުގެ އަސަރުގަދަ ފައްސާލުމަކުން ފައްސާ ލާނެކަމަށް ބުނެއެވެ.
މުލީގައި ރީޖަނަލް ހަސްފާތާލޭ ކިޔާތަނެއް ވެސް ހުރެއެވެ.
ހެލްތު ސެންޓަރެއްގެ ޝަރުޠުވެސް ފުރިހަމަ ނުވާ ތަނެއްގައި މުޅިހައަތޮޅަށް ނިސްވާގޮތަށް ރީޖަނަލް ހޮސްޕިޓަލޭ ކިޔާ ނަންބޯޑު ޖެހުމަކީ މައުމޫނު ދެއްކި އަނެއްހުވަފެނެވެ،
މުޅިރާއްޖޭގައި ބޭރުގެ އެހީގައި ގިނަގުނަ ޢިމާރާތް ތަކެއް ހަދާފައި ހުއްޓެއްކަމަކު އެއީ ފެންނަން ހުރި ބޭރު ރީތި ޢިމާރާތްތަކެކެވެ.ނުކަތާވަރުގެ ނަންބޯޑުޖަހައިގެން ރައްޔިތުންނަށް ދައްކާފައިވަނީ މުޅީންވެސް ހުވަފެނެވެ. މުޅި 6 އަތޮޅަށް ނިސްބަތް ކޮށް އަޅާފައިވާ ހަސްފަތާލުގައި ފަޅާ ކޮޓަރި އައިސީޔޫ މިހެންގޮސް ބައިނަލް އަގުވާމީފެންވަރުގެ ހޮސްޕިޓަލެއްގައި ވެސް ހުންނަވަރަށް ނަންބޯޑުތަކެއް ޖަހާފައިހުރީއެވެ. ވާއެއްވެސް ކަމެއްނެތެވެ.
ތައުލީމީމަރުކަޒެއް ހުރީ ވިއްޔާ އެތަން ތަނުން ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގާ މާލޭގެ ސްކޫލެއްގެ ގްރޭޑް 7 ގެ ފެންވަރުވެސް ނުހުރެއެވެ. މުލަކަތޮޅުގައި ކިޔަވައިގެން ތިބި ޒުވާނުން ބާކީ ކޮށް ނުކިޔަވާތިބި އެވެރިންނަށް ސަނާ ކިޔާ މީހުން މަގާމުތަކަށް އިސްކުރި އެ މަކަރުވެރި އަނިޔާވެރި ސަރުކާރުން މުޅި މުލަކަތޮޅުގެ ރައްޔިތުންގެ ވިސްނުން ހައިޖެކްކޮށްގެން އެއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ 2 ގޮނޑިއާ ގިނަކައުންސިލްތައް ވަނީޙާޞިލް ކޮށްފައެވެ.
އެގޮތުން އަތޮޅަށާ ގިނަރަށް ރަށުގެ ކައުސިލަރުންގެ ގޮތުގައި ހަމަޖެއްސުނީ އެއަތުގައި ތިއްބާ ސަރުކާރު ބަދަލު ވުމުން ކުލަބަދަލުކުރި މީހުންކަމީވެސް ވިސްނާލަންޖެހޭކަމެކެވެ. ކަތީބުންވެސް ތިއްބާ އޭގެމައްޗަށް ސަރުކާރުން ކައުންސިލަރުން ލައިގެން އެވެރިންނަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް 2 އަހަރު ދީފައިވީއިރު ރައްޔިތުންގެ ލޯތްބާ ހަމްދަރުދީ ނުހޯދުނުކަމަށްވާނަމަ އެއީވަރަށް ބޮޑު ނުބައެއްކަމުގައި މެނުވީ ނުވާނެއެވެ.
މުލަކަތޮޅުގެ ރައްޔިތުންގެ ވިސްނުން އޭރުވަނީ ހައިޖެކް ކުރެވިފައިކަން ރައްޔިތުންނަށް އޭރަކު މޭރުމެއްނުވެއެވެ.
އެހެންނަމަ ސަރުކާރުން ހިއްކަންނިންމާ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ސަރަހައްދެއްގައި ފޫޓުއަޅަން ބުނުމުން ސުވާލު އުފެދުނީސް ތާއެވެ. ސުވާލު އުފެދި އެވާހަކަ ބުނަން ނުކެރުނީނަމަ އެވަނީ ވިސްނުން ހައިޖެކްވެފައި ކަމަށް ގަބޫލު ކުރަންޖެހޭނެއެވެ.
މިހާރު އެއަތޮޅުގައި ހުރި ކައުންސިލްތަކުން ތަކުން ކުރަނީ އެވެރިން އެމަގާމުތަކަށް އައުމުގެ ކުރިން ރައްޔިތުން ހޯދާފައިހުރި ފައިސާތައް ޖީބުތަކަށް ލުމުގެ މަސައްކަތް ކަމަށް ގިނަރައްޔިތުން ދަނީ ބުނަމުންނެވެ، މިސާލަކަށް މުލީގެ ކައުންސިލް ސިފަކޮށްލާނަމެވެ. ޑީ.އާރު.ޕީގެ ނަމުގައި އޮންނަ ޕީޕީއެމް އަށް ސަޕޯޓުކުރާ އެރަށުކައުންސިލަށް ވަނީ ފައިސާއަށް ޚިޔާނާތް ތެރިވެފައިވާކަމުގެ އިނގިލި ދިއްކުރެވިފައެވެ.
މުލީކައުންސިލްގެ އިދާރާއަށް އެރަށުގެ ރައްޔިތުން ދީފައިވާ ނަމަކީ ކަރަންޓް ކައުންސިލެވެ.
ކުރާހާވެސް ކަމަކީ އިންޖީނުގެ ޚިޞާރު ކޮށްގެން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެ ރަށުގެ ތަރައްގީ އަށް ހުރަސް އެޅުންކަމަށް މުލީގެ ގިނަރައްޔިތުން ބުނެއެވެ.މިހާރު މިމައްސަލަތަށް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާ ހިސާބުގައިކަމަށް ވިއަސް މުލީގެ ރައްޔިތުން އެވަނީ އަމިއްލަ ތަރައްގީ ފަހަތަށް ޖައްސަން ބޭނުންވެގެން ކަން އެފަދަބަޔަކު ކައުންސިލްތަކަށް ނެގުމުން ދޭހަ ނުވޭހެއްޔެވެ.
އެމްޑީޕީގެ 900 މެންބަރުރުން ހިމެނޭ މުލަތޮޅުގެ ރައްޔިތުން ތަރަށްގީވެ ކުރިއަރާދިއުމަށް ހުރި އެންމެ ބޭނުންތެރި ރިސޯސްތައް އެވަނީ މައުމޫނީންގެ އަތްދަށުލާފައެވެ.
ވެރިކަން ބަދަލުވެދާނެހިން ހީވިހިސާބުން އެއަތޮޅުގައި އޮތް އެންމެކަމުދާ 3 ފަޅުރަށް ބިސްމަކަށް ދީގެން އެރަށް ރަށް ތަރައްގީނުކޮށް ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި މާލީ ޢިނާޔަތްތައް ބަންދުކޮށްގެން އެތިބީ ވެސް ރައްޔިތުން ދެކެވާ ލޯތްބަކުން ބާއެވެ. ގަސްވެއްޔާ.ދެކުނު ބޮޑުވެއްޔާ، ކުޑައުސްފުށީގައި ރެޒޯޓުތަރައްގީ ކުރުމަށް 2005 ކުންފެށިގެން ދީފައިވާއިރު 7އަހަރު މާޒީވެ ދިޔައިރު އަދިވެސް އެތިންރަށް އެއޮތީ އެއްވެސް މަސައްކަތެއް ނުފަށައެވެ. މިކަމުގެ ސަބަބުން އެދާއިރާގެ ރައްޔިތުންނަށް ވަމުންއެދާ ގެއްލުންތަކުގެ ޒިންމާ ކޮންމެވެސް ފަރާތަކުން އުފުލަން ނުޖެހޭނެބާވައޭ ހިތަށްއަރައެވެ ކޮޅުފުށީގެ ރައްޔިތަކު ބުންޏެވެ.
މުލަކަތޮޅުގެ ގިނަކައުންސިލް ތަކުން ކުރާމަސައްކަތަކީ ޕީޕީއްލައްވަމުންދުވުމާ ފޯމުފުރުމުގެ މަސައްކަތެވެ.