އެމްޑީޕީގެ އިސް ޓީމެއް ފާފު އަތޮޅަށް ޒިޔާރަތްކޮށްފި

އިބްރާހީމް ރާމިޒް

dsc_1762

އެމްޑީޕީގެ އިސް ވަފްދެއް މިއަދު ހެނދުނު ނިލަންދެ އަތޮޅު އުތުރުބުރިއަށް ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙުމަދު މައުސޫމްގެ އިތުރުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަމްޒާ އާއި އެމްޑީޕީ މެދު ޕްރޮވިންސްގެ ރައީސް މުޙަންމަދު ޝިހާބު ވެސް ބައިވެރިވެވަޑައިގަންނަވާ މިވަފްދު ފާފުއަތޮޅަށް ޒިޔާރަތްކުރަމުން މިގެންދަނީ، ފ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ބިލެތްދޫ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ނައީމަށް ތާޢީދު ހޯދުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ޓީމުން ބިލެތްދޫ، ފީއަލި އަދި މަގޫދޫ އަށް ޒިޔާރަތްކޮށް، ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފ.އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގެ ބައި އިލެކްޝަން އާއި، ޏ. އަތޮޅު ފުވައްމުލަކު މެދު ދާއިރާ، އއ.އަތޮޅު ހިމަންދޫ ކައުންސިލް، އަދި ބ.އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހުއެވެ.