ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރު ޗުއްޓީއެއް ނަންގަވައިފި

އިބްރާހީމް ރާމިޒް

27716_7c5a95ac-6_

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރު ޗުއްޓީއެއް ނަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސް ނަޝީދު ޗުއްޓީގެ ދުވަސްތައް ހޭދަކުރައްވާނީ އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައެޅުމާބެހޭ ޤާނޫނުގައި، ރައީސުލްޖުމްހޫރިއްޔާއަށް ގިނަވެގެން އަހަރަކު ތިރީސް ދުވަހުގެ ޗުއްޓީއެއް ކަނޑައެޅިފައިވެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ފާހަގަކުރެއްވެނީ އަމިއްލަފުޅު ދަތުރުތަކުގައި ވަޑައިނުގަންނަވާ އޮފީހުގައި ގިނަ ވަގުތު މަސައްކަތްކުރައްވާ ހީވާގި ވެރިއެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗުއްޓީ މިނެންގެވީ ސާކުސަމިޓްގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ނަސްރުގެ ދުވަހާއި، ޢީދު ބަންދާއި، އެއާއި ވިދިގެން އައި ޖުމްހޫރީ ދުވަހުގެ ބަންދު ގައި ވެސް ޗުއްޓީ ހޭދަކުރެއްވުމެއް ނެތި، ރާއްޖޭގެ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި ކާމިޔާބު ސާކް ސަމިޓް ގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވުމަށް ފަހުއެވެ.