މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ

އިބްރާހީމް ރާމިޒް

މިއަދަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވުމާއެކު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މިކަމަށްޓަކައި މިރޭ 8.30 ގައި އައްޑޫސިޓީގެ ސިޓީ ސްކްއަރގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މިރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ގޮތަށް ހަމަޖެހިފައިވުމާއެކު، ޢާންމުކޮށް ކޮންމެ ހުކުރު ދުވަހަކު ހެނދުނު 10 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބު މިއަދު ދެއްވާފައެއް ނުވެއެވެ.