ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސާކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި ރަސްމީ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިއްޔެ އައްޑޫ ސިޓީގައި ފެށުނު 17 ވަނަ ސާކް ސަމިޓާ ގުޅިގެން، ސާކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި ރަސްމީ ފަރިއްކޮޅެއް ރޭ ދެއްވައިފިއެވެ. މިޙަފްލާ އޮތީ އައްޑޫ ސިޓީ ހުޅުމީދޫ ބެންކުއެޓް ހޯލްގައެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ބެހެއްޓުނު އަފްޣާނިސްތާނުގެ ހަނދާނީ ބިނާ ވެސް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ހުޅުއްވައިދެއްވިއެވެ.