ބޫޓާންގެ ބޮޑުވަޒީރު، 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އައްޑޫ ސިޓީއަށް ވަޑައިގެންފި

27225_20befe09-3_

ބޫޓާންގެ ބޮޑުވަޒީރު ޖިގްމޭ ތިންލޭ، 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ބޫޓާންގެ ބޮޑުވަޒީރަށް، އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.

ބޫޓާންގެ ބޮޑުވަޒީރު ގަމުގެ ވައިގެ ބަނދަރަށް ވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެމަނިކުފާނަށް އެރުވުނެވެ. އެއަށްފަހު ބޫޓާނާއި ރާއްޖެއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެވުނެވެ. އަދި ބޫޓާންގެ ބޮޑު ވަޒީރަށް ޝަރަފުގެ ގާޑެއް އެރުވުނެވެ.