ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނާއި، ނޭޕާލްގެ ބޮޑުވަޒީރު، 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫ ސިޓީއަށް ވަޑައިގެންފި

27230_1628a0a4-d_

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދެކަނބަލުންނާއި، ނޭޕާލްގެ ބޮޑުވަޒީރު ޑޮކްޓަރ ބާބުރާމް ބަޓަރާއީ، 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ގަމަށް ވަޑައިގަތީ މިއަދު ހެނދުނު 8:30 އެހާއިރުއެވެ. ނޭޕާލްގެ ބޮޑުވަޒީރު ވަޑައިގަތީ މިއަދު މެންދުރުކުރީ 11 ޖެހިއިރުއެވެ.

އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން މިބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.

ސްރީލަންކާގެ ރައީސާއި ނޭޕާލްގެ ބޮޑުވަޒީރު ގަމުގެ ވައިގެ ބަނދަރަށް ފައިބާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އަރުވައި، ޤައުމީ ސަލާމް ކުޅެވުނެވެ. މިދެބޭފުޅުންނަށްވެސް ގަމުގެ ވައިގެ ބަނދަރުން ޝަރަފުގެ ގާޑެއް އެރުވުނެވެ.