ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

27214_8a03f6f7-8_

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ޑެނިއަލް ރޮބަރޓް ޓޫލޭ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިރޭ އައްޑޫ ސިޓީ ސްޓޭޓް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ކުޑަކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުންނާއި، ކުޑަކުދިން ލައްވާ ބުރަ މަސައްކަތްކުރުވުން ހުއްޓުވުމަށް އިސްކަންދިނުމާއި އަދި ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ކުރިމަގު އުޖާލާ ކުރުމުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މަލްޓީގްރޭޑް ސްކޫލެއް، ކުޑަފަރީގައި ބިނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، އެސްކޫލަށް މުދައްރިސުން ތަމްރީނު ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.