މުލަކަތޮޅުގެ މަޝްހޫރު ވިޔަފާރި ވެރިއަކު ޑީއާރުޕީ ދޫކޮށް އެމްޑީޕީއާއި ގުޅިއްޖެ

ފަހަލަ ސައީދު

މުލަކަތޮޅުގައި ޑީއާރުޕީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުން ގެންދިޔަ މަޝްހޫރު ވިޔަފާރިވެރިޔަކު މީގެ ތިންދުވަސް ކުރީން އެމްޑީޕީއާއި ގުޅިއްޖެކަން މިހާރު އޭނާވަނީ މިސައިޓަށް ޔަގީންކޮށް ދީފައެވެ. މުލަކަތޮޅުގައި ތެލާއި ގެދޮރު އެޅުމަށް ބޭނުންވާ ސާމާނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން ގެންދާ މިވިޔަފާރި ވެރިޔާ ބޭނުންވަނީ މިކަމާގުޅިގެން މ އަތޮޅުގައި ބާއްވާ ޚާއްސަ ޖަލްސާއެއްގައި މެނުވީ އޭނާގެ ނަން ހާމަނުކުރުމަށް ކަމުގައި ވާތީވެ އަދި މިހާތަނަށް އޭނާގެ ނަން މިވަނީ ހާމަނުކޮށެވެ. ނަމަވެސް ވަރަށް އަވަހަށް މުލަކަތޮޅުގައި އެމްޑީޕީގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތެއްގައި ވަރަށްގިނަ އަދަދެއްގެ އިތުރު ފަރާތްތަކާއިއެކު އޭނާ ރަސްމީގޮތުން އެމްޑީޕީއާއި ގުޅިއްޖެކަން ހާމަކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު މިސައިޓަށް އޭނާވަނީ ދެއްވާފައެވެ.