އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ ޗެއާޕާސަން ދެއްވާ ޚިޠާބު
ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީގެ އިސްލީޑަރު، ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި، އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މާތްވެގެންވާ ޙައްޖުގެ އަޅުކަމަށްފަހު މި އައި ބަރަކާތްތެރި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި މި ޢީދުގެ ބަންދު ދުވަސްތައް ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އެންމެހާ މުސްލިމުންނަށް މިންވަރުކުރެއްވުމެވެ.
މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ. އާމީން
ބަޔާން ނެރުނީ:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން
މޫސާ މަނިކު (ރީކޯ)