ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ފުރަތަމަ ބުރުން އެއްވެސް އުނދަގުލަކާނުލާ އިރާދަކުރެއްވިއްޔާ އެމްޑީޕީ ކާމިޔާބުކުރާނެ – ކާނަލް

ގޮނޑިގެއްލިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރައްވައިފިނަމަ މިހާރަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ގޮނޑިއަނބުރާ ހޯއްދަވާނޭކަމަށް މުސްޠަފާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

kaaanal

ެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ފުރަތަމަ ބުރުން އެއްވެސް އުނދަގުލަކާނުލާ އިރާދަކުރެއްވިއްޔާ އެމްޑީޕީ ކާމިޔާބުކުރާނޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ކާނަލް އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަމުންއެބަދާ ކަމަށާއި، މިގޮތުން ބައެއްވަޢުދު މިހާރުވެސް ފުއްދިފާވާކަމަށް ވިދާޅުވެ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ ވަޢުދުގެމައްޗަށް ޢިޝާރާތްކުރައްވަމުން މިހާރުވެސް އެކަން ޙާޞިލްވެފައިވާތަން ފެނިވަޑައިގަންނަވާކަމަށް ކާނަލް ވިދާޅުވިއެވެ. އަދި ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ ވަޢުދުގެދަށުން ރާއްޖޭގެ ހުރިހާރައްޔިތުންނަށް އަންނަ އަހަރުންފެށިގެން މަދަނައިގެދަށުން ހެލްތްއިންޝުއަރެންސް ހޯދައިދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ކަރުދާހުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައިކަމަށް ވެސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

musthafa

މިޖަލްސާގައި ވާހަކަދައްކަވަމުން ތިމަރަފުށީދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވަނީ އިދިކޮޅު ސިޔާސީފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެބޭފުޅާގެ ގޮނޑި ގެއްލިގެންދާނޭކަމުގެ އިންޒާރުތައް ދެމުން ގެންދިޔަނަމަވެސް އެއްގޮތަކަށް ވެސް ޖެހިލުންވެ ވަޑައިނުގަންނަވާނޭކަމަށް ވިދާޅުވެފައި. އަދި ގޮނޑި ގެއްލިއްޖެހާލަތެއްގައި ވެސް ދެވަނަ ފަހަރަށް ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރައްވައިފިނަމަ މިހާރަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ގޮނޑިއަނބުރާ ހޯއްދަވާނޭކަމަށް ވެސް މުސްޠަފާވިދާޅުވިއެވެ.