އިބްރާހީމް ރާމިޒް
ހއ. ފިއްލަދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އާދަމް އިނާޒު ޑީއާރްޕީން ވަކިކުރުމާ ގުޅިގެން އިތުރު 37 މީހުންނާ އެކު އެކު އޭނާ އިއްޔެ ވެރިކަންކުރާ އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.
އީނާޒް ވެސް މިއަދު ވަނީ އޭނާ އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށާއި، އޭނާ އާއެކު ޑީއާރުޕީގެ 20 މެންބަރަކާއި އަދި އިތުރު ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށާއި، އެރަށޫގެ އިތުރު 50 މީހަކު ދެ ދުވަހެއްގެ ތެރޭގައި އެމްޑީޕީއަށް ސޮއިކުރާނޭ ކަމަށް ވެސް އިނާޒް ވަނީ ވިދާޅުވެފައެވެ. އަދި މި 50 މީހުންގެ ތެރޭގައި ވެސް ޑީއާރުޕީގެ މެންބަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިނާޒް ޑީއާރުޕީން ވަކިކުރުމާ ގުޅިގެން އޭނާ ކައުންސިލް މެންބަރުކަމުން ވަކިވެފައިވާތީ ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުމުގެ ޝައުގުވެރިކަން ވެސް އިނާޒް ވަނީ ފާޅުކުރައްވާފައެވެ.
ޑީއާރުޕީން އިނާޒް ވަކިކޮށްފައިވަނީ ފިއްލަދޫ ބަދުނާމްވާ ގޮތަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވިޖާން، ކައުންސިލް އެހެން މެންބަރުންގެ ރުހުން ނެތި، މީޑިއާ ގައި ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ވިޖާން ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުން ވަކިކުރުމަށް އިނާޒް ވޯޓުދެއްވާފައިވާތީއެވެ.