އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-25-10-2011-49

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.

މިރޭ (2 ނޮވެމްބަރ 2011 ވާ ބުދަ ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެ ޕާޓީގެ ދާއިމީ ކޮމިޓީތަކުގެ ފަރާތުންނާއި، އަދި ބައެއް ވަޒީރުން ވެސް ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަކަށް އައިސް އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތައް ބޮޑަށް އަމާޒުކޮށްފައިވަނީ އެ ޕާޓީން ވެފައިވާ ޢަދުލުއިންސާފް ގާއިމްކުރުމުގެ ވަޢުދު ފުއްދުމަށް ބާރު އެޅުމަށެވެ.

އެމްޑީޕީން ރޭ ހަރުގޭގައި ބާއްވަން ހަމަޖެއްސި ޖަލްސާ ނުބޭއްވުނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން ރޭ ކުރިޔަށް ދިއުމާ ގުޅިގެންނެވެ.