އައްޑޫސިޓީއާއި ފުވައްމުލަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަކީ ކޮބައިތޯ ބަލައި އެ ފުރުޞަތުތަކާ ގުޅޭ މަޝްރޫޢުތައް ރާއްވަވައި ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި

އައްޑޫސިޓީއާއި ފުވައްމުލަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަކީ ކޮބައިތޯ ބަލައި އެ ފުރުޞަތުތަކާ ގުޅޭ މަޝްރޫޢުތައް ރާއްވަވައި ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގަޔާއި ފުވައްމުލަކުގައި އިތުރަށް ހިންގޭނެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތައް ރާއްވަވައި ހިންގެވުމަށް ވަޒީރުންގެ ސަބްކޮމިޓީއެއް ނެންގެވިއެވެ.