މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނެ ދުވަހެއް

މިނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނެ ދުވަހެއް ކަމަށާއި، އެ ދުވަހު ސަރުކާރު ބަންދު ކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
.
ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވި ނަމަވެސް، މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށާއި، އެއީ، މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ދިމާވަނީ، ހުކުރު ދުވަހަކާ ކަމަށްވާތީ، ޤައުމީ ދުވަސް ނުވަތަ ޖުމްހޫރީ ދުވަސް، ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ، ވިދިގެން އަންނަ އާދީއްތަ ދުވަސް ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 25 މެއި 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.