އިބްރާހީމް ރާމިޒް
މ.އެންދެރިމާގެ ސަރަހައްދުގައި ހުއްޓާ ލަކުޑިބުރިއަކުން ޖަހައި ބޯފަޅާލުމުގެ ސަބަބުން ސީރިއަސް ޙާލަތުގައިވާ ޙަސަން ޙުސައިން އަށް އަދުލުއިންސާފް ހޯދައިދިނުމަށް އިލްތިމާސްކޮށް ސްޕްރީމް ކޯޓަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް ސިޓީއެއް ފޮނުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙުމަދު ފާއިޒް ޙުސައިން އަށް އެޑްރެސް ކުރައްވައި އިއްޔެ ޤަސަމް ފޮނުއްވި 4 ޞޮފްޙާގެ ސިޓީގައި ޙަސަން ޙުސައިންއަށް އިންސާފް ހޯދައިދިނުމަށް މިހާތަނަށް ކުރި މަސައްކަތުގައި ޖިނާޢީ ކޯޓުން އެ މައްސަލައިގެ ތަޙްޤީގަށް ހުރަސް އަޅާފައިވާ ކަން ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެންދެރިމާގެ ކައިރީގައި ހިނގިކުރިމަތިލުމުގެ ތަޙްޤީގަށް ގެންދެވުނު އެކި ފަރާތްތަކާ މެދު ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ތަފާތުކޮށް ކަމަށާއި، އެގޮތުން އެ މައްސަލައިގެ ތަޙްޤީގަށް އެއްބަޔަކަށް 5 ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާ އިރު، އެ މައްސަލައިގެ ތަޙްޤީގަށް ހައްޔަރުކުރި ޣައްސާން މައުމޫން ދޫކޮށްލިކަމީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ހުކުމްކުރަންޖެހޭނޭ ކަމަށް ބަޔާންކުރާ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުެއް ކަމަށް ވެސް ޤަސަމް ވިދާޅުވެފައިވެއެވެ.
ސްޕްރީމް ކޯޓަށް ޤަސަމް ފޮނުއްވި ސިޓީ ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ