ނުބައިގޮތަކަށް ނުބައިހަދަމުންދާ ނުބައިބަޔަކު ރާއްޖޭގެ ކޯޓުތަކުގައި ރައްޔިތުންނަށް ވަގަށް ހުވާ ކޮށްގެން އެބަތިބި – މުޙަންމަދު ނާޒިމް

ފަހަލަސަޢީދު

mp-nazim

ނުބައިގޮތަކަށް ނުބައިހަދަމުންދާ ނުބައިބަޔަކު ރާއްޖޭގެ ޝަރުޢީނިޒާމް އަމިއްލަކޮށްގެން ގާނޫނުއަސާސީއާ ޚިލާފަށް
ނުބައިގޮތަކަށް ހުވާކޮށް ފަނޑިޔާރުގެ އެބައެއްގެ ޚިޞާރުގައި އޮތްހާ ހި’ނދަކު ރައްޔިތުންނަށް އިންޞާފް ނުލިބޭނޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ ޢަދުލު އިންޞާފް ގެއްލި މުޖްތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ނެތެމުންގޮސް މުޅިދިވެހި އުންމަތް ﷲ ގެ ކޯފާއަށް ހުށަހެޅިގެން ހިނގައިދާނޭކަމުގެ ބީރު ހީވަމުންދާ މި ފުޠޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންނަށް އިންޞާފްހޯދައިދިނުމަށްޓަކާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކްޕާޓީ (އެމް.ޑީ.ޕީ) އިން ފައްޓާފައިވާ ސިލްސިސިލާ ޖަލްސާތަކުގެ ތެރެއިން އެޕާޓީގެ މައި ހަރުގޭގައި ރޭ(ހޯމަވިލޭރޭ) ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެންބަރު ނާޒިމްގެ ވާހަކަފުޅު މިމޭރުމުން ކުރިއަށް ގެނަދަވަމުން ވިދާޅުވީ، ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ ރައްޔިތުންގެ ގާނޫނުހެދުމުގެ ބާރާ ވެރިކަން ކުރާބާރުން ރާއްޖޭގައި މިނިވަން މުސްތަގިއްލު، އަދި އެންމެހާ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ އެންމެހާރައްޔިތުންނަށް ހަމަހަމަ ކަމާ ޢަދުލުވެރިކަމާއެކު ދިވެހިންގެ ގާނޫނީ ދުސްތޫރު ތަންފީޒް ކުރުމަށް ވަކިސިއްކައެއް ލިބިބިގެންވާ މިނިވަން ކޮމިޝަން ތަކެއް ހަދައިދީފައިވާނެ ކަމުގައެވެ.

ނަމަވެސް މިދެންނެ ކޮމިޝަންތަކުގެ ތެރެއިން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވަނީ ރާއްޖޭގެ ގާނޫއަސާސީގެ ބާރު ކަނޑުވާލާ އިންތިގާލީ ކޯޓު ތަކުގައި ތިއްބެވި އިންތިގާލީ ބައެއްފަނޑިޔާރުން ނުބައި ގޮތްގޮތަށް ގާނޫނުއަސާސީ މާނަކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެކޮމިޝަނުގެ މައްޗަށް ލާޒިމްކުރާ ގާނޫނީ ރައްކާތެރިކަން ނެތި ހިގައްޖެ ކަމަށާ ކޯޓުތަކުގައި އަދިވެސް އެތިއްބެވީ ރައްޔިތުންނަށް އިންޞާފްގެ ދާއިރާއިން އަނިޔާވެރިވަމުންދިޔަ ސިޔާސީ ފަނޑިޔާރުންތަކެއް ކަމުގައި ނާޒިމް ސިފަކުރެއްވިއެވެ.

ރޭގެޖަލްސާގައި ވާހަކަދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛު އަހުމަދު ޢަބުދުﷲ ޢަފީފު ދެއްކެވިވާކަފުޅުގައި
ރާއްޖޭގައި އަބަދު ބަންދުވެފައި ކުރިން ހުންނަނީ އެންމެތަނެއް ކަމަށާއި، އެތަނަކީ ބަޑިގުދަންކަމަށް ވިދާޅުވެ މިހާރު އެފަދަ ދެވަނަ ތަނެއް ވުޖޫދު ވެއްޖެކަމުގައި ވިދާޅުވިއެވެ.

ޢަބުދުﷲ އަފީފު ފާހަގަކުރައްވާ އަބަދު ބަންދުކޮށްފައި ހުންނަ ދެވަނަ ތަނަކީ ޖުޑީޝަލް ސާވިސަސް ކޮމިޝަން ކަން ހާމަކުރައްވަމުން ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި ފަނޑިޔާރުންގެ ކަރާމާތް ނަގާލާފައިވާ ފަނޑިޔާރުންނާ ގާނޫނުއަސާސީއާ ޚިލާފް ވެފައިވާ އެކަހަލަ އެތަށް ފަނޑިޔާރުންގެ މައްސަލަތައް އެކޮމިޝަނަށް ހުށަހަޅާ ފައިވާނެކަމަށާ ނަމަވެސް ފަނޑިޔާރަކު ގާނޫނު އަސާސީއާ ޚިލާފުވެއްޖެ ނަމަ އެފަނޑިޔާރެއްގެ މަގާމު އެހެންކޯޓަކަށް ބަދަލު ކުރުމަށް ފަހު އެބަދަލު ކުރިކޯޓެއްގެ އިސްފަނޑިޔާރުކަމަށް ބަދަލުކުރަމުން ދާކަން ހިތާމަޔާއެކުފާހަގަ ކުރެއްވިއެވެ.

އެމްޑީޕީ މިފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރައްޖޭގެ ރައްޔިތުންނަށް ޢަދުލު އިންޞާފް ހޯއަދަވައި ދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ޥަޢުދު ތަކުރާރު ކުރެއްވިއެވެ
އަފީފު ވިދާޅުވީ ނިމިގެންދިޔަ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުން މަދުވެ މައުމޫނުގެ ޙުކުމްތައް އޭނާބުނާގޮތަކަށް ހުކުމްތައް ކިޔައިދޭނޭ ފަނޑިޔާރުން އެދާއިރާއަށް ނުހަނު ބޭނުންވެފައިވާކަމުގައެވެ
ނަމަވެސް އެދާއިރާގައި ޝަރީޢަތް ކުރާނޭ ފަނޑިޔާރުން ގިނަކުރުމުގެ ވިސްނުމެއްގައި 30 އަހަރު ދުވަހުގެ ތެރޭގައި
ވިއްސަކަށް ބޭފުޅުން ރާއްޖޭންބޭރަށް ސަރުކާރުން ފޮނުވާފައިވާ ކަމަށާ އެބޭފުޅުން ޝަރީޢަތް ކުރާނޭގޮތް ދަސްފުޅު ކުރައްވާ ޑިގުރީ ޙާޞިލް ކުރެއްވިނަމަވެސް އެބޭފުޅުން ޖުޑިޝަރީއަށް ޝަރުރުތުހަމަނުވާކަމަށް ބުނެ އެވަނީ ބާކީކޮށް އެދާއިރާގައި ތިބި ފަސްބައިގައި ބުލީޗް ޖަހައިގެންވެސް ތާހިރު ނުކުރެވޭ ވަރުގެ މުޑުދާރު މީހުން އެވަނީ މަގާމުތަކަށް އަމިއްލައަށް ވެރިވެގެންކަން ފާހަގަ ކުރައްވަމުން ފަނޑިޔާރުންގެ ވާހަކަ މިނަމުގައި ގާނޫނީ ވަކީލުންނާ އަމިއްލަ މަދަނީ ޖަމިއްޔާތަކުން ބާއްވާ ފޯރަމް ދެންބާއްވާނީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ކުރިމަތީގައި ކަމަށް ވިދާޅުވިއެވެ.
ޢބުދުﷲޢަފީފު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއްވެ ޖީބުހުސްކޮށްގެން ހަދާފައިވާ ގާނޫނުއަސާސީ އެއްކަމަށާއި، މިރާއްޖޭގެ ކޮންމެރައްޔިތަކު މިގާނޫއަސާސީ ހެދުމަށް އެއްލައްކަ ސައްބީސްހާސް ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.
ރާއްޖޭގެ ޖުޑީޝަރީ ނިޒާމް ރައްކާތެރިކުރުމަށް ރައްޔިތުންނާ މަދަނީ ޖަމިއްޔާތަކާ ވެރިކަން ކުރާޕާޓީ އެމްޑީޕީ އިން މިތެދުވަނީ ޖުޑިޝަރީ އިންޞާފްގެ މަގަށް ގެނައުމަކީ ރައްޔިތުންގެ މައްޗަށް ގާނޫނުއަސާސީ ގޮވާލާކަމަކަށް ވާތީކަމުގައި ވެސް އުސްތާޒް ޢަފީފް ވިދާޅުވިއެވެ،
ރޭގެ ޖަލްސާގައި އެމްޑިޕީގެ ރައީސް ޑޜ.އިބުރާހިމްދީދީވެސް ވާހަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ޢަދުލު އިންޞާފްގެ ދާއިރާގައި އެދާއިރާ މިނިވަންކޮށް ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އިންޞާފް ހޯއްދަވާ ދެއްވަން ތައްޔާރަށް ތިއްބެވި ނުހަނު ގަދަރުވެރި ފަނޑިޔާރުން އެބަތިބިކަން ފާހަގަކޮށް އެބޭފުޅުންނަށް ހިއްވަރުދެއްވާ އެގޮތުގައި ދެމިތިބުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.
ރޭގެ މިޖަލްސާގައި ސްޓޭޓް މިނިސްޓަރ މޮނާޒާނަޢީމު ދެއްކެވިވާހަކަފުޅުގައި މިރާއްޖޭގެ ގާނުއަސާސީގައި ފަސާދަކުރުމާ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅިފައި އެބައޮތްކަމަށާއި ރައްޔިތުން ބޮޑު ޚަރަދު ކޮށްގެން ހެދި ގާނޫނު އަސާސީ ތަންފީޒުކުރަން ރައްޔިތުން ނުކުންނަން ޖެހިއްޖެނަމަ އެއެންމެން ތިބޭނީ ޖަލުތަކުގައިކަމަށް ވިދާޅުވިއެވެ.
ގާނޫނުއަސާސީ ލިއުނު މީހެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ނަޢީމް ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކާ ޅަފަތުގައި ރައްޔިތުން ޑިމޮކްރަސީ އަށް އަހުލު ވެރި ކުރުވަން ޖެހޭކަމަށާއި، އެކަމަށްޓަކާ ފަސާދަކުރުމާ ފިތުނައުފެދޭ ޒާތުގެ ޖަރީމާ ހިންގާފަރާތްތަކާ މެދު ފިޔަވަޅު ނާޅުއްވަނީކަމުގައެވެ.