ޣައްސާން މައުމޫން ދިފާޢުކުރުމަށްޓަކާ ބަންޑާރަ ނައިބު ދުއްވާލަން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން – އެމްޑީޕީގެ ޗެއަރޕާސަން

އިބްރާހީމް ރާމިޒް

gaumee-majlis

އެޓާނީ ޖެނެރަލް ޢަބްދުﷲ މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް،ޕީޕީއެމް ކައުންސިލަށް ހުށަހެޅުމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ނިންމަވާފައިވާތީ އެކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ރައްދުދެއްވައިފިއެވެ.

އަމިއްލަފުޅު ދަތުރުފުޅެއްގައި ރާއްޖެއިން ބެރުގައި ހުންނަވައިގެން އެމްޑީޕީގެ ވެބްސައިޓަށް މިއަދު މެންދުރުފަހު ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ ” ޕީޕީއެމް އާއި ތަސްމީން އާއި ދެ ބައިމީހުން ގުޅިގެން (މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު) ނެގިޔަސް އެކަން ކާމިޔާބު ވިޔަކަ ނުދޭނަން ކަމަށާއި، ހަމައާއި އިންސާފާން މަސައްކަތްކުރާ ކޮންމެ މީހެއްގެ ދުވަސްދުއްވާލުމަށް ޕިޕީއެމް އާއި ޑީއާރުޕީން މަސައްކަތްކުރަމުންދާ ކަމަށެވެ.

“ޣައްސާން މައުމޫނަށްޓަކާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އޭނާ ދުއްވާލަން އެކުރާ މަސައްކަތް ހަމަހިލާ ކާމިޔާބު ވިޔަކަ ނުދޭނަން. ތަސްމީން އާ މައުމޫނު އެއްބައިވެގެން އެކަން ކުރަން އުޅުނަސް ލާހިކެއް ނޫން އެކަން ކުރާކަށް.” މޫސަ މިއަދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ންދު ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހެއް ތެރޭގައި، މައުމޫނުގެ އާއިލާއަށް ވެރިކަން ހޯދައިދިނުމަށް އުފައްދާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ސިޔާސީ ޕާޓީ ކަމަށްވާޕިޕީއެމްގެ ކައުންސިލް ބައްދަލުވުން ބާއްވާނެ ކަމަށާއި، އެބައްދަލުވުމަށް ބަންޑާރަނައިބު ޢަބްދުﷲ މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި، ހުށަހަޅުއްވާނޭ ކަމަށެވެ.