MDP/2011-036
ވަޒީފާގެ ފުރުޞަތު
މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމު: އިސް ތަރުޖަމާނު
ބޭނުންވާ އަދަދު: 1
ޝަރުތު: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވުން، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، މީޑިއާ އާއި ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި ދިވެއްސާއި އިނގިރޭސިން ފަރިތަކަމާއިއެކު ލިޔެކިޔަން ދަންނަ މީހަކަށް ވުމާއި މިދާއިރާގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މަސްއޫލިއްޔަތު:
(ހ) ޕާޓީގެ މީޑިއާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން
(ށ) ޕާޓީގެ މީޑިއާ ޔުނިޓެއް ޤާއިމުކުރުމާއި ޔުނިޓުގެ ޚަބަރުތައް މުޅި ޖުމްހޫރިއްޔާއަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
(ނ) ޕާޓީގެ މަޢްލޫމާތާއި ޕާޓީގެ ގުންނަންތަކުގެ މަޢުލޫމާތާއި ތަޢްލީމާއި ހޭލުންތެރިކަން، ނޫސްތަކާއި، ވެބްސައިޓާއި، އަޑާއި ޓެލެވިޒަން ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދިނުން.
(ނ) ޕާޓީގެ ބަޖެޓުން ދޫކުރާ ފައިސާއިން ޔުނިޓުގެ ޚަރަދުތައް ހަމަޖެއްސުން.
(ރ) ޔުނިޓުގެ ޚަބަރުތައް ރައްޔިތުންނަށް ކަންކަން އަންގައިދޭ، ރައްޔިތުންނަށް ތަޢްލީމުދޭ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްދޭ އަދި ރައްޔިތުންގެ ޙައްޤުތައް ފޯރުކޮށްދިނުމަށް ޕާޓީން ކުރާ މަސައްކަތް އެނގޭނެގޮތަށް ފޮނުވަމުން ގެންދިޔުން.
(ބ) ޔުނިޓުގެ ޚަބަރުތައް ލިބިގަންނަނީ ރައްޔިތުންކަމަށްވާއިރު، ރައްޔިތުންގެ ޝައުގުތައް ހުންނަ ގޮތްތަކަށް އިޖާބަ ދިނުމާއި އަދި އެގޮތަށް އިޖާބަދޭނޭ ގޮތްތަކެއް ކަނޑއެޅުން
(ޅ) ޕާޓީއިން ފޯރުކޮށްދޭ ޚިދްމަތާ ގުޅުންހުރި އަދި ޕާޓީން ރައްޔިތުންނަށް ކޮށްދޭ ޚިދްމަތަށް މަގުފަހިވާނެ އަދި އެޚިދަމަތް އާލާވާނެ މީޑިޔާއާބެހޭ އެހެން މަސައްކަތްތައް ކުރުން.
(ކ) ޔުނިޓު މަޤްސަދުތައް ޙާސިލުކުރުމަށްޓަކައި ޔުނިޓުން ފަތުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ނެރެންޖެހޭ ތަކެތި ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ނެރުމާއި ބެހުމާއި ވިއްކުމާއި އެޑިޓްކުރުމާއި ޕްރިންޓްކުރުމާއި ޝާއިޢުކުރުމާއި މުޖުތަމައުގެ ތެރޭގައި ދައުރުވާނޭ ގޮތާއި ފެތުރޭނޭ ގޮތް ހެދުން
(އ) އެކަންކަން ކުރުމަށްޓަކައި އެކިއެކި ކުތުބުޚާނާތަކާއި އަރުޝީފުތައް އުފައްދާ ހިންގަންޖެހޭ ކަމަށްވާނަމަ އެކަންކަންވެސް ކުރުން.
(ވ) ދުނިޔޭގެ ޚަބަރުތަކަށްވެސް ޕާޓީގެ މަސައްކަތްތަކުގެ މައުލޫމާތު ގެނެސްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ދުނިޔޭގެ އެކިއެކި ނިއުސް އެޖެންސީތަކުގައި އިޝްތިރާކު ދައްކައިގެން ބައިވެރިވުމާއި އެފަދަ ތަންތަނުގެ ޚިދްމަތް ހޯދުން
(މ) ޔުނިޓުގެ މުއައްޒަފުން ތަމްރީންކުރުމަށާއި މީޑިޔާ ދާއިރާގައި ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރުމާއި ކަމާގުޅިފައިވާ ދިރާސާތައްވެސް ކުރަމުން ދިޔުން
(ފ) ވެވެން އޮތް މިންވަރަކުން ދިވެހިރާއްޖޭގެ އިމުން ބޭރަށްވެސް ޔުނިޓުގެ ޚިދްމަތް ފޯރުކޮށްދެމުން ދިޔުން.
މުސާރަ: ދެފަރާތް އެއްބަސްވާ މުސާރައެއް
މަޤާމު: އަމީން ޢާއްމުގެ ނައިބު
ބޭނުންވާ އަދަދު: 1
ޝަރުތު: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވުން، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މަސްއޫލިއްޔަތު:
(ހ) ޤައުމީ މަޖިލީހުގެ ބެލުމުގެ ދަށުން، ޕާޓީގެ ޗެއަރޕާސަން ލަފާގެ މަތިން، ކޮންގްރެސްއާއި ޕާޓީގެ އެހެނިހެން އިދާރީ ޖަލްސާތައް ބާއްވާ، ކުރަންޖެހޭ އިންތިޒާމްތައް ކުރުން.
(ށ) ޕާޓީގެ އިންތިޒާމްތަކާއި އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން.
(ނ) ޕާޓީގެ ޤައުމީ އިދާރާގައި ކުރަންޖެހޭ ޕާޓީގެ ހުރިހާ ކަންކަންހިންގުމުގެ މަސްއޫލިއްޔަތު އުފުލުން.
(ރ) ޕާޓީގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
(ބ) ޕާޓީ ހިންގާ ކޮމިޓީއިން އަދި ޤައުމީ މަޖިލީހުން ޙަވާލުކުރާ އެންމެހާ ކަންތައްތައް ކުރުން.
(ޅ) ޕާޓީގެ ފަރާތުން މުސާރަދީގެން ވަޒީފާއަދާކުރާ މުއައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.
މުސާރަ: ދެފަރާތް އެއްބަސްވާ މުސާރައެއް
މި މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން 17 ނޮވެމްބަރ 2011 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
30 އޮކްޓޯބަރ 2011