ފ.ފީއަލީ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީން ހޯދައިފި

އިބްރާހީމް ރާމިޒް

ފ.އަތޮޅު ފީއަލީ ކައުންސިލްގެ ރައީސް އާއި، ނައިބު ރައީސް އަދި އެ ކައުންސިލްގެ އިތުރު މެންބަރަކު އެމްޑީޕީ އަށް ސޮއިކޮށް، ފީއަލީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފިއެވެ.

އަމިއްލަ 5 މެންބަރުން ހިމެނޭ ފީއަލީ ކައުންސިލްގެ މެންބަރުން އެމްޑީޕީއަށް ސޮއިކުރީ އެ އަތޮޅު ކައުންސިލުން ހުސްވެފައިވާ ބިލެތްދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ ފ.ފީއަލީ އަތިރީގޭ، އިބްރާހީމް ނަޢީމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ފީއަލީ ގައި ހުކުރުވިލޭރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.