ހުސައިން ހަސަން އަށް އިންސާފް ހޯދައިދިނުން ގޮވާލައި ގދ. ތިނަދޫގައި މުޒާހަރާކޮށްފި

އިބްރާހީމް ރާމިޒް

thinadhoo-muzaahara-1

ގދ.ތިނަދޫ އަށް ނިސްބަތްވާ އުމުރުން އެންމެ 17 އަހަރުގެ ޒުވާނަކަށް “މ.އެންދެރިގަސް” ގޭގެ މަތިން އެއްލި ލަކުޑިބުރިއަކުންޖެހި އަނިޔާވި މައްސަލައާގުޅިގެން އެކަން ކުށްވެރިކޮށް އަދި އެޒުވާނާއަށް ހައްގު ބަދަލު ހޯދައިދިނުމަށް ގޮވާލައި އެމްޑީ ޕީ ތިނަދޫ ދާއިރާގެ ފަރާތުން މުޒާހަރާއެއް ބާއްވައިފިއެވެ.
ހުކުރުދުވަހު ހަވީރު ބޭއްވި މިމުޒާހަރާގައި އެރަށު ސެމީ އުމުރުން 17 އަހަރުގެ ހުސައިން ހަސަންގެ ބޮލަށް ލަކުޑިބުރިއަކުން ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ އެއްފަޅި ވާގި ނެތިފައިވާތީ އެކަން ކުރިބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސް ހައްގު އަދަބު ދޭން ޖެހޭނެކަމަށް ގޮވާލާފައިވެއެވެ.
އަދި މިކަމުގައި މިއަނިޔާދިންކަމަށް ގިނަބަޔަކު ތުހުމަތުކުރާ، ކުރީގެ ރައީސް މައުމޫނުގެ ހަގު ދަރިކަލުން ޣައްސާންމައުމޫން ތަހުގީގަށް ބަންދުކުރުމަށްފަހު އެ ތަހުގީގު ކުރިއަށް ނުގެންގޮސް ދޫކޮށްލާފައިވާތީ ތަހުގީގަށް ހުރަސްއަޅާފައިވާ މީހުންނާދެކޮޅަށް އަޑުއުފުލައިފައިވެއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ދިދަތަކާއި، ހުސައިން ހަސަންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައިވާ ބޯޑުތައް ބޭނުންކުރި މިމުޒާހަރާގައި ގާތްގަނޑަކަށް ތިންސަތޭކައެއްހާ މީހުން ބައިވެރިވިއެވެ.