މެންބަރުންގެ ޚިޔާލު: ޕީޕީޕީ އުފެއްދި ބޭނުން އެދަނީ ފުރިހަމަ ކުރަމުން

ފުނަމާ

ކުރީގައި ވެރިކަމުގައި ހުރެގެން އެތައް ބައެއް މަރާފައިވާ ކަމުގައި މީހުން އެބުނާ މީހާ އަކީ އޭނާގެ ވެރިކަމުގެ ދިގުމުއްދަތުގައި ގައުމުގެ ގާނޫނުއަސާސީ އާއި ޚިލާފަށް އެތައް ކަމެއްކޮށް އަދި އެކަންކަމަށް ފާޅުގައި އިއުތިރާފުވެސް ވެފައިވާ މީހެއް ކަމުގައި ކިތަންމެ ބަޔަކު މިއަދުވެސް ބުނަމުން ގެންދެއެވެ. އެގޮތުން ބަޔަކު މީހުން އޭނާ އޭ ކިޔައިގެން ދައްކާ ވާހަކަތައް ހިއްސާކޮށްލާ ނަމެވެ.

ވެރިކަމުގެ ހުވާ އެންމެ ފުރަތަމަ ފަހަރު ކުރިއިރު ކަމަރުގައި ފިސްތޯލަ އަޅައިގެން ހުރިކަމަށާއި އޭނާގެ ރަހުމަތްތެރީންގެ އަތުގައިވެސް ރާއްޖޭގެ ގާނޫނުއަސާސީއިން މަނާކުރާ ހަތިޔާރު ހުރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި އޭނާގެ އަމިއްލަ ދުލުން އިއުތިރާފު ވެފައިވެއެވެ.

ވަޔަށް، ޖައްވަށް ފަޒާއަށް ބަޑިޖަހައި އެވަރުންވެސް ނުވެގެން ސީދާ މީހުންގެ ގަޔަށް ބަޑިޖެހިކަމުގައި އޭނާ އެއްބަސް ވެފައިވާއިރު ، އެއްވެސް ހަތިޔާރެއްނެތް ބައެއްގެ ގަޔަށް ބަޑިޖަހައި މަރާލީ ސިފައިންގެ އެންމެ މަތީވެރިއަކަށް ސީދާއޭނާ ހުރެގެން ކަމުގައި ވާއިރު ، އަދި މިކަމުގެ ސަބަބުން އެތައްބަޔަކު މަރުވެފައި ވާއިރު މިކަލޭގެ މިކަމުގައި އެއްވެސް ޒިންމާއެއް އުފުލާން ނުޖެހި ނިޔާކަނޑައެޅި އަދަބުލިބެމުން އެދަނީ މުޅީން އެހެން ބަޔަކަށެވެ. އީވާން ނަސީމު މަރާލިކަން އޭނާއަށް ފުރިހަމައަށް އެނގިފައި ވީނަމަވެސް އެކަމުގައިވެސް މުޅިގައުމުގެ ކުރިމަތީގައި ހެދީދޮގެވެ. އެހެރީ އޯޑިޔޯތަކާއި ، ވީޑިޔޯތަކުން ފެންނާށެވެ.

އޭނާގެ ވެރިކަމުގައި ނަހައްގުން އެތައް ބަޔަކަށް ބޮޑެތި އަދަބުތައް ދީފައިވާކަމުގައި ގިނަބަޔަކު ބުނެއެވެ. ޝަރީއަތުގެ މަޖިލިސް ތަކަކީ އޭނާގެ ކޮންޓްރޯލްގެ ދަށުގައި ސައްތައިން ސައްތަ ހުރި ތަންތަން ކަމުގައިވެފައި ކިތަންމެ މައްސަލައެއްގައި ނިޔާކަނޑައަޅާނެ ގޮތް ލިޔުމުން ސީދާ އޭނާ އަންގާކަމުގައި މާކުރީންވެސް މީހުން ބުނަމުން ގެންދިޔައެވެ. ފުލުހުން ނެރެގެން އޭނާގެ އައުވާނުން ކިރިޔާވެސް ނުރުއްސަވާ މީހަކުވިއްޔާ ހައްޔަރުކޮށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދިނުމާ އަންހެނުންނާއި ފިރިހެނުން އޮރިޔާންކޮށް ޖިންސީގޮތުން އެތަކެއް އަނިޔާ ދިންކަމުގެ ވާހަކަ ދެކެވެއެވެ. މީގެ އިތުރުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމުގައި ދެކެވޭ ވާހަކަތަކަކީވެސް މަދު ވާހަކައެއް ނޫނެވެ.

ވެރިކަމުން ވަކިވިއިރު ދައުލަތުގެ ހުރިހައި މުއައްސަސާ އެއްގައިވެސް އިސްކޮށް ކަންކުރާން ތިބީ އޭނާގެ ބަސްއަހައި ކިޔަމަންތެރި އަޅުން ކަމުގައި އެއިރުވެސް މިހާރުވެސް މީހުން ބުނެއެވެ. ޚާއްސަކޮށް ފަނޑިޔާރުގެ ތަކުގައި ތިބި ގިނަމީހުންނަކީ އޭނާގެ ދުލުން ލައިދޭ ޝަހާދަތެއް އެކަނި ކިޔާން އާދަވެފައިވާ މީހުން ކަމުގައި ދެކެވޭ ވާހަކަތަކަކީވެސް މަދުވާހަކައެއް ނޫނެވެ. މިކަމަށް ދަލީލުލިބޭ ބައެއް ކަންކަން މިއަދުވެސް އެދަނީ ފެންނަމުން ކަމުގައި ވާތީވެ މިދެކެވޭ ވާހަކަ ތަކަކީ ހަމަ ހުސް ހޮޅިޔޭ ބުނެވޭކަށް ނެތެވެ.

ދެކިބަލާށެވެ. އޭނާއާއި އޭނާގެ ގާތްތިމާގެ އެތަކެއް މީހުންގެ މައްސަލަތައް ޝަރީއަތުގައި ހުކުމާ ހަމަޔަށް ގޮސްފައި ހުރިނަމަވެސް އެމައްސަލަތައް ނިމޭނެ ދުވަހެއް ނޭނގެއެވެ. ނަމަވެސް އޭނަޔާ އިދިކޮޅު މީހެއްގެ މައްސަލައެއް ކަމުގައި ވާނަމަ ވަރަށް އަވަހަށް ނިންމާލުމުގެ ކުޅަދާނަކަން އެތިބަ ބައެއް ފަނޑިޔާރުންނަށް ލިބިގެން ވެއެވެ. އަދި ޚާއްސަކޮށް އޭނާ އެންމެ ރުޅިއަރާ މިސަރުކާރުގެ ކޮންމެ ކަމެއްގައި ފަނޑިޔާރުން އޭނާޔާ އެއްކޮޅަށް ބަސްބުނެއެވެ. މިކަން އެނގެނީ އޭނާގެއެންމެ ގާތުގައި އެނބުރޭ މީހުން މާކުރީން މިކަންކަން ނިމޭނެގޮތް ފާޅުގައި ބުނެ އަންގައިދޭތީއެވެ. މިކަންކަން ބަލާނެ ލޮލެއް އަހާނެ ކަންފަތެއްވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުގައި ނުހުރެއެވެ.

ބަލާލަމާހެއްޔެވެ؟ އޭނާގެ ދަރިޔަކު މީގެ ކުރީން އިނގިރޭސި ވިލާތުގައި ކާރަކުން ޖައްސައި މީހަކު މަރާލި ވާހަކައަކާއި އެދަރި ސަލާމަތް ކުރާންވެގެން ދައުލަތުގެ މާލިއްޔާއިން އެތައް ޚަރަދެއް ކުރިކަމުގެ ވާހަކަ އަކީވެސް އެކަކު ދެމީހަކު ދެއްކި ވާހަކައެއް ނޫނެވެ. ދާދިފަހުން ވޮށްއަލިވާގެކިޔާ ގެއަކަށް ފުލުހަކު ވައްދައި އޭނާ ކުރިމަތީގައި ހުރެގެން އޭނާގެންގުޅޭ ގުންޑާއިން ލައްވައި ތަޅާ ރޯނާ ގަންނަވާލި ވާހަކަ ގައިމު އަނިޔާލިބުން ފުލުސްމީހާ ކިޔައިދިނެވެ. ބަލާނެ އެއްވެސް މަހުކަމާއެއް ނެތެވެ. ގާނޫނުހަދާ މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއަށް ގަދަކަމުން އޭނާގެ މީހުންވަދެ ކިތަންމެ ފަހަރަކު އެތައްގަނޑެއް ގަނެ ކޮމެޓީތައް ހުއްޓުވައެެވެ. ބަލާނެ ލޮލެއް ނެތެވެ. މަޖިލީހުގެ ތެރޭގައި އޭނާގެ ވާގިވެރީން މީހުންގެ އަބުރާބެހި ހަޑި ގޮވާއިރު ފަނޑިޔާރުން އެތިބެނީ ހޭށެވެ. ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ މޭމަތީގައި ގޮށްމުށުން ތަޅާއިރު އެކަން ބަލާނެ ބަޔަކު ނެތެވެ. އެއިން މީހަކު ފުލުހުން ތަހުގީގަކަށް ބަންދުކުރިޔަސް ވަގުތުން ކޯޓުން އެމީހަކު ދޫކުރުމަށް އަންގައެވެ. އެންމެފަހުން ދާދިއެހައްދުވަހު އެންދެރި ބުޑޭ ކިޔާ ގެއަކުން ފަސްފޫޓުގެ ލަކުޑި ބެރިއެއް އެއްލައި މީހެއްގެ 17 އަހަރުގެ ދަރިޔަކުގެ ބޯފަޅާލައި އެއްފަޅި ވާވެގެން ދިއުމުން ފުލުހުން އެމައްސަލަ ތަހުގީގު ކުރުމަށް ހިފެހެއްޓީ އޭނާގެ ދަރިއެއް ކަމުގައި ވާތީވެ ފަނޑިޔާރަށް ހަމަނޭވާވެސް ލެވެންއޮތީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގެ ދަފުތަރުގައި އޮތް ބަޔަކު އެންދެރި ކިއްލާގެ ދޮރުގައި ފައިން ޖެހިޔޭބުނެ ފުލުހުން ހައްޔަރުކުރި މީހުން ލާނަޖެހެނީ ކޯޓުއަމުރުގެ ދަށުން ޖަލަށެވެ. އިންސާފު އޮތީ ކޮންތާކު ހެއްޔެވެ؟ މީހުން އެކިޔަނީ ހަމަ ކިޔަންޖެހޭ އެއްޗެތި ހެއްޔެވެ؟

ވެރިކަމުގައި ހުރެގެން އުފެއްދި ޕާޓީ ވެރިކަމުން ވަކިވުމުން ފަޅިފަޅިކޮށް ފުނޑާލަން ތެދުވީ އެޕާޓީގެ ތެރެއިން އޭނާބޭނުންވާ ވަރަށް މިގައުމު ފަސާދަކޮށް ސުންނާފަތިކޮށް ގާނޫނީ ސަރުކާރު ވަށްޓާ ނުލެވޭނެކަން އެނގުމުންނެވެ. މިއަދު އަދި އެބުނާ ޕާޓީއެއް މުޅީން ހަދައި ނުނިމެނީސް މީހުން މަރާންޖެހުނަސް އެކަންވެސް ކުރާނެކަމާ އަދި ، އޭނާ ކުރާ އެއްވެސްކަމެއް ސަރުކާރުގެ ތެރެއިންވެސް ޝަރުއީ ދާއިރާގެ ތެރެއިންވެސް ނުހުއްޓުވޭނެ ކަން އެދަނީ ސާބިތު ކޮށްދެމުންނެވެ. ވެރިކަން ބީވުމުން ގެންނާންއުޅުނު ކަމުގައި އެއިރު ގާތުގައި އެއުޅުނު މީހުން އެބުނާ ބަޣާވާތް ބައެއްގެ ސަބަބުން ނުގެނެވުނަތީވެ މިއަދު އެއުޅެނީ އެކަންކަން ކުރާށެވެ.

އޭނާކުރާ ކޮންމެ ކަމެއްގައި އޭނާއަށް ބާރުދޭން ފަހަތުގައި ޝަރުއީދާއިރާ އޮންނާނެ ކަމުގައި ބައެއްމީހުން އެބުނާ ވާހަކައަކީ މިއަދު މިފެންނަ ކަންކަމުން ދޮގެކޭ ބުނާކަށް ނެތީމެވެ. އެހެންކަމުން އޭނާ ހިތުހުރި ގޮތެއް މިގައުމަށް ހަދާލުމުގެ ބޭނުމުގައި މާދަމާ ހަތިޔާރު އަޅައިގެން ނުކުމެ މީހުންތައް މަރައި ހުސްކުރިޔަސް އެކަން ފެންނާނެ ބަޔަކު ނުތިބޭނެތާ، އެކަން ހުއްޓުވާނެ ކޯޓެއްވެސް މިގައުމުގައި ނުހުންނާނެތާއެވެ. “ޕީޕީޕީ” އެއުފެއްދީ ފާޅުގައި މިކަންކަން ކުރާށެވެ. ސަރުކާރުން ކުރީން އަޅާންވީ ފިޔަވަޅު ނޭޅުމުގެ ހިތި ނަތީޖާ މިއަށްވުރެ ހިތި ނުވަނީސް ކޮންމެ ގޮތަކުން ނަމަވެސް މިއަނިޔާވެރި ” ކިނބިގަހު ފުރޭތައާއި ” އޭނާގެ އައުވާނުންގެ ކިބައިން ގައުމު ސަލާމަތްކޮށް ދިނުމަށް ސަރުކާރަށް ގޮވާލަމެވެ