ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ފެށިއްޖެ

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން، އޮސްޓްރޭލިޔާގެ ޕަރތްގައި މިއަދު ފެށިއްޖެއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަކީ، ކޮންމެ ދެއަހަރުން އެއް އަހަރު، ކޮމަންވެލްތްގެ މެންބަރު ޤައުމެއްގައި ބާއްވާ، ބައިނަލްއަޤްވާމީ މައްސަލަތަކާއި ކޮމަންވެލްތް ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވޭ ބައްދަލުވުމެކެވެ. މިއަދު ފެށުނު މިބައްދަލުވުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ