އެމްޑީޕީގެ އާންމު ޖަލްސާ އެއް މާދަމާ ރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-25-10-2011-351އެމްޑީޕީން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން .. އެމްޑީޕީ ފައިލް ފޮޓޯ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މާދަމާރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މާދަމާރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.
މާދަމާ ރޭ (28 އޮކްޓޯބަރ 2011 ވާ ހުކުރު ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އަދި ބައެއް ވަޒީރުން ވެސް ވާހަކަފުޅުދައްކަވާނެއެވެ.