ސަޢޫދީ ވަލީ ޢަހުދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރ ވަޑައިގެންފި

ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދު، އަދި ސަޢޫދީ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ޕްރިންސް ސުލްޠާން ބިން ޢަބްދުލްޢަޒީޒް އައްސަޢުދު އަވަހާރަވުމާ ގުޅިގެން، ވަލީ ޢަހުދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ޚާއްޞަ މަންދޫބަކު ސަޢޫދީ ޢަރަބިއްޔާއަށް ފޮނުއްވައިފިއެވެ.

މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މަންދޫބަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އެމަނިކުފާނު މިދަތުރުފުޅުގައި ފުރާވަޑައިގަތީ އިއްޔެ މެންދުރުފަހުއެވެ.