އެމްޑީޕީގެ އެކްޓިވިސްޓް އިލްހާމް ފުލުސް އޮފީހަށް ހާޒިރުކޮށްފި

އިބްރާހީމް ރާމިޒް

ilhaam-303-x-288

އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ހުސައިން އިލްހާމް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުފަހު 3.30 ގައި އިލްހާމް ފުލުސް އޮފީހަށް ހާޒިރުވީ އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކާއި، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާ އެކުގައެވެ.
އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވީ އިލްހާމް ފުލުސް އޮފީހަށް ހާޒިރުކުރެއްވި ސަބަބެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ލަފާކުރެއްވެނީ މ.އެންދެރިމާގެ ކައިރީގައި ބުރާސްފަތި ދުވަހު ހަވީރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމުގައެވެ. އަދި މިއީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ޤައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލައާއި ގުޅުން ހުރި މައްސަލައެއް ކަމަށް ބެލެވޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.