އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.
މިރޭ (24 އޮކްޓޯބަރ 2011 ވާ ހޯމަ ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އަދި ބައެއް ވަޒީރުން ވާހަކަފުޅުދައްކަވާނެއެވެ.
މި ޖަލްސާ އަކީ ކުރިން ކޮންމެ ހޯމަ ދުވަހެއްގެ ރޭ އެ ޕާޓީން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ ތައް އަލުން މިމަހު ފެށުމަށް ފަހު ބާއްވާ 2 ވަނަ ޖަލްސާ ކަމަށް އެމްޑީޕީން ބުނެއެވެ.