ރ.އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ކައުންސެލަރުން ތާޒާކުރުމުގެ ގޮތުންބޭއްވި މަހާސިންތާ ނިމިއްޖެ

ފަހަލަސަޢިދު

img_2581

ރ.އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ކައުންސެލަރުން ތާޒާކުރުމަށް ކައުސެލަރުން އިސްނަގައިގެން އުނގޫފާރު ކްލަބު ޔޫތުސްޓާރ ގެ މީޓިންހޯލްގައި ބޭއްވި ދެދުވަހުގެ މަހާސިންތާ ނިމި ބައިވެރިންނަށް ހަނދާނީލިއުން ދީފިއެވެ.

އެމްޑީޕީ ލާމަރުކަޒީއުޞޫލުން ހިންގަން ފެށޫމާއެކު އެޕާޓީއަށް ނިސްބަތްވާ ކައުންސެލަރުންނަށް ތަމްރީނުދީ ތާޒާކުރުމަށްޓާކާ ބެއްވި މިމަހާސިންތާގައި ކައުންސެލަރުންނަށް ތަމްރީނު ދިނުމުގެ އިތުރުން ޕާޓީ ޕްރޮމޯޓުކުރުމާ ޕާޓީއަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތައް ޙައްލު ކުރުމާ ސަރުކާރުގެ ވަޢުދުތައް ފުދޭމިންވަރުބަލާ އެމަސައްކަތްތައް ހަލުވި ކުރުމަށް ކުރެވިދާނޭމަސައްކަތްތަކާ 2013 ވަނައަހަރު ނިމުމުގެ ކުރިން އެފަދަ ހުރިހާމަސައްކަތް ނިންމުމަށްޓަކާ ކައުންސިލްތަކުން ކުރެވެންހުރި ކަންކަމުގެ މަށްޗަށްވެސް މިމަހާސިންތާގައި ވަނީ މަޝްވަރާކުރެވިފައެވެ.
ދެދުވަހުގެ މަހާސިންތާގައި ރ.އަތޮޅުގައި ތިބި އެމްޑީޕީގެ 30 ކައުންސެލަރުންގެ ތެރެއިން 26 ކައުންސެލަރުން ބައިވެރިވި ވެފައިވެއެވެ. މިމަހާސިންތާ އަކީ އިގުރާދޫ ދާއިރާގެ އަތޮޅުކައުސިލްގެ މެންބަރު މުޙައްމަދު ވަޙީދާއި، ހުޅުދުއްފާރު ކައުންސިލްރައީސް މުޙައްމަދު ޒުބައިރާއި، ފައިނު ކައުސިލްގެ ރައީސް މޫސާ ޢުމަރުމަނިކާއި، މަޑުއްވަރީ ކައުންސިލްގެ ރައީސް އަޙުމަދު ރަފީޢު އާ،އިންނަމާދޫ ކައުންސިލްގެ ރައީސް އަބުދުﷲޝަފީގުއާ،މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަޙުމަދާ މިހަބޭފުޅުންގެ އިސްނެންގެވުމުގެމަތިން އެޕްރޮވިންސްގެ ސްޓޭޓްމިނިސްޓަރ ޢަލީނިޔާޒުގެ އެހީތެރިކަމާ އެއްބާރުލުން ލިބުނު ވަރަށް ކާމިޔާބު މަހާސިންތާއެއްކަމަށް ވަޙީދު ވިދާޅުވިއެވެ.
މަހާސިންތާއިންނިމިގެންދިޔަ ކަންތައް ތަކުގެ މަޢުލޫމާތު ވަރަށް އަވަހަށް ޕާޓީގެ އޮފީހަށާ ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވާނެކަމަށް ވެސް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ