ރާއްޖޭގެ ޢަދުލުއިންޞާފް ގާއިމް ކުރުމުގެ ވަޢުދު ފުއްދުމަށް އެމް.ޑީ.ޕީ ނުކުންނަނީ

ފަހަލަ ސަޢީދު

ރާއްޖޭގެ ޢަދުލު އިންޞާފްގެއްލި ރައްޔިތުންގެ ޙައްގުތައް ގެއްލެމުން ދާތީ އެމްޑީޕީ.ގެ ގައުމީ މަޖިލީހުން މިއަދުވަނީ ގަރާރެއް ފާސް ކޮށްފައެވެ.

އެމްޑީޕީ ގެ ގައުމީ މަޖިލިސް އިގްރާރުވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަ މަގަށް އެޅުވުމަށްފަހު މެނުވީ އެމްޑީޕީ އެނބުރި ނުދިއުމަށެވެ.

ރާއްޖޭގެ އެތަކެއް ރައްޔިތުން މަރާ ރައްޔިތުންގެ މުދަލާފައިސާ އަށް ޚިޔާނާތް ތެރިވެފައިވާ ކުރީސަރުކާރުގައި ހިމެހިމެނޭ އެންމެހައި އިސްވެރިންގެ މައްސަލަތަށް މިހާރުވަނީ ކޯޓުތަކަށް ވައްދާފައެވެ.ނަމަވެސް ެއމައްސަލަތަކުގައި އަތްލުމެއްނެތި ނުހަނުފާޅުކަން ބޮޑު ގޮތެއްގައި ކޯޓުތަކަށް ހުށަހެޅޭ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުގެ މައްސަލަ ހިނގަމުން ދިއުމަކީ ބަޔަކު އަޑީގައި ތިބެގެން ރާވާ ރޭވުމެއްކަމަށް އެމްޑީޕީ އިންދެކެއެވެ.އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާ ތަސްމީނާ ޔާމީނާ އިލްޔާސް އިބުރާހިމާ އަބުދުﷲޙަމީދުގެ މައްސަލަ ކޯޓުގައި ބާއްވާ އެމަސްލަތަށް ނުހިންގާ އެއައްވުރެމާފަހުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެމްޑީޕީއަށް ނިސަބަތް ވާ ފަރާތްތަކުގެ މައްސަލަތަށް ވަކިގޮތެއް ގޮތެއް ނުބަލާ ނިންމަމުން ދިއުމަކީ އިންޞާފެއް ނޫންކަމަށް އެމްޑީޕީއިން ގަބޫލު ކުރާހިނދު އެމްޑީޕީ ގެ ގައުމީ
މަޖިލީހުގެ ގަރާރަކުން ފާސްކޮށްފައިވަނީ މުޒާހަރާއަކަށް ނުކުތުމަށެވެ. އެގޮތުން މިއަދު ހަވީރު 15.30 ގައި ކޯޓުތަކުގެ ކައިރީގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް ވެސް ގައުމީ މަޖިލީހުން ވަނީ އިގްރާރުވެފައެވެ. އަދި ޖުޑިޝަރީ ހަމަމަގަށް އަޅުވާ ރާއްޖޭގެ ޢަދުލު އިންޞާފް ގެ ދާއިރާ އިން ރައްޔިތުންނަށް އިންޞާފް ނުލިބޭހާ ހިނދު މުޒާހަރާ ހުއްޓާނުލުމަށް ވެސް ގައުމީ މަޖލީހުންވަނީ ނިންމާފައެވެ.

ކަން މިހެން ހުރުމާއެކު އެމްޑީޕީ ގައުމީ މަޖިލީހުން އެމްޑީގެ މެންބަރުންނާ ރައްޔިތުންނަށް ގޮވާލަނީ ރައްޔިތުން ވެރިކަން ބަދަލު ކުރި މަގުޞަދު ޙާޞިލު ކުރުމަށްޓަކާ ހުރިހާ އެންމެން ނުކުތުމަށެވެ.