ރ. އަތޮޅުގައި ބާއްވާ ކައުންސެލަރުންގެ މަހާސިންތާ ރ.އުނގޫފާރުގައި މިއަދުފެށޭނެ

ފަހަލަ ސަޢީދު

އެމްޑީޕީއަށްނިސްބަތްވާ ރ.އަތޮޅުގެ ކައުންސެލަރުންގެ މަހާސިންތާ މިއަދު ރ.އުނގޫފާރުގައި ފެށޭނެ އެވެ.

މިމަހާސިންތާއަކީ ޅ.ފެލިވަރިރުގައި ބޭއްވި އެދާއިރާގެ މިނީކޮންގްރެސްގައި ބައިވެރިވެވަޑައި ގަތް 10 ކައުސެލަރުން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މިމަހުގެ 22 ގެނިއަލަށް ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގައި އެދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ އެންމެހައި ކައުންސެލަރުން ބައިވެވާނޭކަމަށް މަހާސިންތާ އިންތިޒާމު ކުރާ ކައުންސެލަރުން ޚަބަރު ދެއެވެ.

އުނގޫފާރު ކްލަބް ޔޫތުސްޓާރ ގެ މީޓިން ހޯލްގައި ބާއްވާ މި މަހާސިންތާއަކީ އެމްޑީ ލާމަރުކަޒީ އުޞުލުން ހިންގަން ފެށުމާއެކު ކައުންސެލަރުން ތާޒާކޮށް އެކަމަށް ހޭލުންތެރިކޮށް އިތުރު ތަމްރީނު ބޭނުންވާ ފަރާތްތަކަށް ތަމްރީނު ދީ 2013 އަށް ތައްޔާރުވުމަށްޓަކާ ދާއިރާގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ބަލާ އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށާ އޭގެ އިތުރުން ޕާޓީއަށް ކުރިމަތިވާ ބައެއްކަހަލަ ގޮންޖެހުންތަށް ޙައްލު ކުރާނޭ ހުނަރާ ގާބިލްކަން އިތުރު ކުރެވޭނޭކަމަށް ވެސް އެބޭފުޅުން ޚަބަރު ދެއެވެ.

މިމަހާސިންތާ ބޭއްވުމުގައި އެދާއިރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ނިޔާޒު ގެ އެހީތެރިކަމާ އެއްބާރުލެއްވުން ލިބެމުން ދާކަމަށާ މަހގާސިންތާގައި ބައިވެރިވުމަށް ޕާޓީގެ އިސް 2 ދެބޭފުޅަކު މާލެއިން ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށާ މި މަހާސިންތާ ގައި އެދާއިރާގައި އެމްޑީޕީގެ ވަރަށް ޚާއްޞަ ބޮޑު ޖަލްސާއެއް ބޭއްވުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ.