އެމްޑީޕީގެ އިސް ވަފްދެއް މާދަމާ ތުޅާދޫއަށް ފުރާނެ

17 ޖޫން 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަފްދެއް އުތުރު ޕްރޮވިންސްގެ ބ. ތުޅާދޫއަށް މާދަމާ ދާނެއެވެ.
މި ވަފްދުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސުން ކަމަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން އެގްރޫޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މިދަތުރުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ އިސް މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެމްޑީޕީގެ ވަފްދު ތުޅާދޫއަށް މިކުރާ ދަތުރުގައި އެރަށުގައި އެމްޑީޕީ ހަރުގެއެއް ހުޅުވުން އޮންނާނެއެވެ. މިވަފްދު އެނބުރި މާލެ އަންނާނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.