ނޫސްބަޔާން

މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ތ. ތިމަރަފުށީދާއިރާއަށް ނިސްބަތްވާ މެމްބަރު މުހަންމަދު މުސްތޮފާގެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމްކޯޓުގައި މިއަދު ތާވަލްކޮށްފައިވާތީވެ، އައްޑޫސިޓީގައި ބާއްވާ ސާކްސަމިޓްގެ ތައްޔާރީތަކަށް އެއްބާރުލުންދިނުމަށް ކުރަން ހަމަޖައްސާފައިވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މިއަދުގެ ދަތުރު ފަސްކޮށްފީމެވެ.

މިގްރޫޕްގެ މެމްބަރު މުހަންމަދު މުސްތޮފާގެ ޝަރީއަތުގެ އަޑުއެހުމަށް ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން ވަޑައިގެންދެއްވުމަކީ މިގްރޫޕްގެ އެދުމަކަށްވާތީވެ އެކަން މިފުރުސަތުގައި ހާމަކޮށްލީމެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަކީ އަބަދުވެސް ގްރޫޕްގެ މެމްބަރުންނާއެކު ތިބޭ ބައެއްކަމުގައި ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

20 އޮކްޓޯބަރ 2011