ގުއަންޓަނާމޯބޭ ޖަލުން ޤަޢިދީން ގެނައުމުގެ މައްސަލައާ ބެހޭގޮތުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި

17 ޖޫން 2010

hep-gaumee-salaamath1

ގުއަންޓަނާމޯބޭ ޖަލުން ޤަޢިދީން ގެނައުމުގެ މައްސަލައާ ބެހޭގޮތުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރާއްޖެއަށް ބޭރު ޤައުމަކުން ކޮންމެ މީހަކު ގެނައި ކަމަށްވިޔަސް، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވިޔަނުދީ، ރާއްޖޭގެ ދިފާޢީ ނިޒާމު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ހުރިތޯ ބެއްލެވުމާ ގުޅޭގޮތުންނެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހަކީ، ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޤައުމީ ސަލާމަތާގުޅޭ އެންމެހައި ކަންތައްތަކުގައި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.