އެމްޑީޕީގެ ދާއިމީ ކޮމެޓީތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން މިއަދުހަވީރު ފެށިއްޖެ

ފަހަލަ ސަޢީދު

dsc_0281-600-x-399

އެމްޑީޕީގެ ދާއިމީކޮމެޓީ ތަކަށް މެންބަރުންހޮވުމަށްޓަކާ ބާއްވާ އިންތިޚާބުގެ ވޯޓުލުން އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ހަތަރަކުން ފެށިގެން ކުރިއަށް އެބަދެއެވެ. ދާއިމީ ކޮމެޓީތަކަށް 225 ކެންޑިޑޭޓުން ޝޯޓުލިސްޓްކުރެވިފައިވާ މިއިންތިޚާބުގައި 17 ކޮމެޓީ އަށް މެންބަރުން އިންތިޚާބު ކުރެވޭނެކަމަށް އެމްޑީޕީ ސެކްރެޓެރިއޭޓުން ޚަބަރުދެއެވެ.

އެމްޑީގެ ދާއިމީކޮމެޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ވޯޓު ދެއްވާނީ އެމްޑީޕީގެ ގައުމީމަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށާއި ވޯޓުލުން ނިމޭނީ މިރޭ 9 ޖަހާއިރުކަމަށްވެސް ސެކްރެޓެރިއޭޓުން ޚަބަރުދެއެވެ. އެމްޑީޕީގެ ގައުމީމަޖިލީހުގައި ހިމެނިވަޑައިގަންނަވާ 118 މެންބަރުން ވޯޓުދެއްވާ މިއިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާނު ކުރެވޭނޭކަމަށް ސެކްރެޓެރީ ޖެނެރަލް ޙަސަން ޝާހު ވިދާޅުވިއެވެ.