ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ޗައިނާއަށް ފުރާވަޑައިގެންފި

ފަހަލަ ސަޢީދު

ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ރަސްމީދަތުރުފުޅެއް ޗައިނާއަށް ފައްޓަވައިފިއެވެ.އެމަނިކުފާނުގެ މިދަތުރު ފުޅަކީ ޗައިނާގެ ރައީސައް ރައީސުލް ޖުމްހޫރިޔާ ދެއްވި ސިޓީފުޅެއް އެރުވުމަށްޓަކާ ކުރައްވާ 2ދުވަހުގެ ދަތުރުފުޅެކެވެ. ނާއިބު ރައީސް ގެ މިދަތުރުފުޅުގައި ޗައިނާގެ ޒިޔާންޕްރޮވިންސް ބޮޑެތި ކުންފުނިތަކާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ވަރުގަދަ ކުރުމުގެ މަޝްވަރާތަކެއްވެސް ކުރައްވާނެއެވެ. އަދި އޭގެއިތުރުން ޗައިނާގެ ވަރަށް ބޮޑު ކުންފުންޏަކާއެކު ރާއްޖޭގައި ހުރި ވިޔަފާރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ ނާއިރައީސް ގެ މިދަތުރު ފުޅުގައި ރައީސުލް ޖުމްހޫރިޔާގެ ޕޮލިޓިކަލް އެޑުވައިޒަރ މުޙައްމަދު ޝިހާބާ ޔޫތުމިނިސްޓަރ އަލް އުސްތާޛު ޙަސަން ލަތީފާ މަޝްހޫރު ވިޔަފާރިވެރިޔާ ޢަބުދުﷲޖާބިރު ބައިވެރިވެވަޑައިގަންނަވައެވެ.