ކެނދިކުޅުދޫގައި ސަރުކާރުން ޤާއިމު ކުރައްވާ ޖޫނިއަރ ކޮލެޖްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ، މިއަދު އަޅުއްވައިދެއްވައިފި

juniorcol

ނ. ކެނދިކުޅުދޫގައި ސަރުކާރުން ޤާއިމް ކުރައްވާ ޖޫނިއަރ ކޮލެޖްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަޅުއްވައިދެއްވައިފިއެވެ. މިއީ، ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 10 ޖޫނިއަރ ކޮލެޖްގެ ތެރެއިން ކޮލެޖެކެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިފަދަ ޖޫނިއަރ ކޮލެޖްތައް ޤާއިމު ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށާއި، ރާއްޖޭގެ ތަޢްލީމީ ސިޔާސަތު ހަރުދަނާ ކުރައްވައި، ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.