ރ.އަތޮޅުގައި ކައުންސެލަރުންގެ މަހާސިންތާއެއް ބާއްވާގޮތަށް ހަމަޖެހިއްޖެ

ރ.އަތޮޅުގައި ޙަރަކާތްތެރިވާ އެމްޑީޕީ އަށް ނިސްބަތްވާ ކައުސެލަރުންގެ މެދުގައި 3 ދުވަހުގެ މަހާސިންތާއެއް ބާއްވާ ގޮތަށް އެމް.ޑީ.ޕީގެ ރ.އަތޮޅު ދާއިރާއިން ހަމަޖައްސަވައިފިއެވެ.

މިމަހާސިންތާ އަކީ ދާދިފަހުން ޅ. ފެލިވަރުގައި ބޭއްވި އެމްޑީޕީ ގެ މިނީކޮންގްރެސް ގައި ބައިވެރިވި 10 ކައުސެލަރުން އިސްނެގުމުގެ މަތިން ބާއްވާ މަހާސިންތާއެއް ކަމަށާ މި މަހާސިންތާއަކީ އެމްޑީޕީ ލާމަރުކަޒީއުޞޫލުން ހިންގުމަށްޓަކާ ކައުސެލަރުން ތަމްރީނުކުރުމާ ޕާޓީ އަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލު ކުރާނޭ ގޮތްތަކާ ޕާޓީ ޕްރޮމޯޓުކުރުމާ 2013 ގެ ރިޔާސީ ރޭހަށް އެމްޑީޕީ ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން އަތޮޅު ފެންވަރުގައި މަޝްވަރާ ކޮށް ގޮތްތަކެއް ނިންމުމަށްޓަކާ ބާއްވާ މަހާސިންތާ އެއްކަމަށް އެމްޑީޕީގެ ރ.އަތޮޅުދާއިރާއިން ޚަބަރުދެއެވެ.
އެތޮޅު އުނގޫފާރު ކްލަބު ޔޫތުސްޓާރގެ ކޮންފަރެންސް ހޯލްގައި ބާއްވާ މިމަހާ ސިންތާ އޮންނާނީ މިމަހުގެ 20 ން 22 ހަށް ކަމުގައިވެސް އެފަރާތުން ޚަބަރުދެއެވެ.

ޚަބަރު ލިބޭގޮތުގައި މި މަހާސިންތާ ގައި އެމްޑީޕީގެ އިސް ދެބޭފުޅަކު ބައިވެރިވެވަޑައި ގަންނަވާކަމަށާ މިމަހާސިންތާއަށްފަހު ރ.އަތޮޅުގައީ އެމްޑީޕީގެ ވަރަށް ޚާއްޞަ ވަރަށް ބޮޑުޖަލްސާއެއް ބޭއްވުމާބެހޭ ގޮތުންވެސް މިމަހާސިންތާ ގައި މަޝްވަރާކުރެވޭނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.