ފަހަލަ ސަޢީދު
ސާކުސަމިޓާ ގުލިގެން ފުވައް މުލަކުގައި ހިންގޭ އެންމެހައި ހަރަކާތްތަށް ސުންގަޑި ޖެހުމުގެ ކުރިން ނިންމާ އަތުންދޫކޮށް ލެވޭނެކަމަށް ފުވައްމުލަކުގެ އަތޮޅުކައުންސިލުން ހާމަކޮށްފިއެވެ.
މަސައްކަތް ނިންމުމަށް ފިސާރި ހިއްވަރާއެކު އެކިގްރޫޕް ތަކުން ފިސާރިބާރަށް މަސައްކަތް ކުރަމުންދާކަމުގައި ކައުންސިލުން ބުނާ އިރު ފުވައްމުލަކަށް ވަޑައިގަންނަވާ ބޭފުޅުން ނަށް ފުވައްމުލަކު އެއަރ ޕޯޓުން މަރުހަބާ ކިއުމުގެ ތައްޔާރީތަށް ވެސް އަނަނީ ވަމުން ކަމުގައި ކައުނސިލުން ޚަބަރުދެއެވެ. އަދިސާކުސަމިޓާ ގުޅިގެން ތައްޔާރު ކުރެވޭ ކުރިކެޓް ސްޓޭޑިއަމާ. ބަންޑާރަކިޅީގައިތައްޔާރު ކުރާ ކަލް ޗަރަލް އާޓު ވިލެޖް ގެމަސައްކަތާ މަގުތަކާ މަގުފާރުތަކާ ޢިމާރާތް ތަކުގައި ކުލަލުންފަދަ މަސައްކަތުގެ އެންމެފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް ވެސް ފުވައް މުލަކުން ޚަބަރުދެއެވެ.
ފުވައް މުލަކަށް ސާކްސަމިޓުގެ ސަބަބުން ލިބިގެންދާ ތަރައްގީ އަށްޓަކާ ފުވައް މުލަކުގެ ރައްޔިތުން ތިބީ ހިނިތުންވެފައެވެ. އަދި މިދަނޑިވަޅަކީ މިނިވަންދުވަހާ ބޮޑުޢީދުގެ އުފާވެރި ދުވަސްތަށް އޭގެ ފުރިހަމަގޮތުގައި މުޅިރާއްޖެއަށްފެނިގެންދާނޭ އުފާވެރި ތާރީޚީ ދަނޑިވަޅެއް ކަމުގައި ފުވައް މުލަކުގެ މުޞައްނިފުން ސިފަކުރައްވައެވެ.
ތާރީޚީ ހަނދާންތަކެއް އާކޮށްދޭ ފުވައްމުލަކުގެ ބަންޑާރަ ކިޅީގައި ތައްޔާރުކުރާ ކަލްޗަރަލް އާރޓް ވިލެޖް ވެގެން ދާނީ ފަތުރުވެރިންގެ ހިތްތަކަށް އުފާވެރިކަމާ ތަޞައްލީ ލިއްބައިދެނިވި ބިނާތަކެއް ކަމަށާ މިތާރީޚީ ހަނދާންތަކުން ފުވައް މުލަކަށް އިތުރު ކުރިއެރުމާ މަންފާ ޙާޞިލް ވެގެން ދާނެއެވެ.